ޚަބަރު
ނައިފަރު ބިން ހިއްކުމުގެ މަޝްރޫއުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް
މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ޅ. ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އެކްސްގައި ހިއްސާކުރި މަޝްރޫއުގެ އަދާހަމައިގައި ބުނެފައިވަނީ، ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.
ނައިފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ނައިފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
Project Update: Design and Build of Land Reclamation and Shore Protection at Lh. Naifaru Revetment works are ongoing. Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/Pv9t2SvpsB
— MTCC Plc (@MTCCPlc) October 29, 2026
ދައުލަތުގެ ބަޖެޓުން 679 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ނައިފަރުގައި 44.8 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީއިން 1813 މީޓަރުގެ ސަރަހައްދެއް ހިމާޔަތްކުރުމަށް ރިވެޓްމެންޓް ޖެހުމާއި، 474 މީޓަރުގެ ދިގުމިނަށް ގްރޮއިން ޖެހުމުގެ އިތުރުން، 803 މީޓަރުގެ ބޭރުތޮއްޓެއްލުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ.
630 ދުވހުގެތެރޭ ނިންމާ ގޮތަށް އެ ކުންފުންޏާ ހަވާލު ކުރި މި މަޝްރޫއު ނިމުމަކީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ރަށުގެ ތަރައްޤީއަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.