Ads by Stelco

ޚަބަރު

ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ސަރަޙައްދުގެ މޫދުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާކޮށްފި

ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ސަރަޙައްދުގެ މޫދުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާކޮށްފި

ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ސަރަޙައްދު/ފޮޓޯ: އެޗްޑީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ސެޕްޓެމްބަރު 2025، 03:36

15 ސެޕްޓެމްބަރު 2025، 03:36

 ހުޅުމާލޭގެ 1 ވަނަ ފޭސް އާއި 2 ވަނަ ފޭސް ގުޅުވައިދޭ ސަރަޙައްދުގެ މޫދުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މަނާކޮށްފިއެވެ.

އެޗްޑީސީން ޢާންމުކުރި އިޢުލާނެއްގައި ވިދާޅުވީ، މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އިންޖީނުލީ އުޅަނދުފަހަރު އެ ސަރަޙައްދުގައި ދުއްވުމަކީ މަނާކަމެއް ކަމަށެވެ.

އެޗްޑީސީން ވިދާޅުވީ،  ހުޅުމާލޭގެ 1 ވަނަ ފޭސް އާއި 2 ވަނަ ފޭސް ގުޅުވައިދޭ ސަރަޙައްދުގެ ޗެނެލަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭގޮތަށް ގިނަ ޢަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި، މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަޙައްދެއް ކަމަށެވެ. ހަމަ އެހެންމެ، އެ ސަރަޙައްދަކީ އެޗްޑީސީން ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އާލާކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދެއްކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، މި ސަރަޙައްދުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ މި ސަރަޙައްދުގައި މޫދަށް އެރި އުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއްކަމަށް އެޗްޑީސީން ވިދާޅުވިއެވެ. ހަމަ އެހެންމެ، މިކަމުގެ ސަބަބުން މި ސަރަޙައްދުގެ މޫދުގައި މުރަކަ އިންދާ އާލާކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކަށް ދަތިވާކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މި ސަރަޙައްދުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ.

އެޗްޑީސީން ވަނީ، އެ ކޯޕަރޭޝަނުގެ ފަރާތުން އަންގާ  އެންގުންތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން