Ads by Stelco

ޚަބަރު

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ހުރަސްތައް ނައްތާލުމާއިއެކު ޢިލްމުވެރިންގެ ތަޢުރީފު

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ހުރަސްތައް ނައްތާލުމާއިއެކު ޢިލްމުވެރިންގެ ތަޢުރީފު

މޫނުބުރުގާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ސެޕްޓެމްބަރު 2025، 04:26

15 ސެޕްޓެމްބަރު 2025، 04:26

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ސިޔާސަތެއްގެ ދަށުން، މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމަށް ހުރި ހުރަސްތައް މިހާރު ވަނީ މުޅިން ނައްތާލާފައެވެ. މި ތާރީޚީ ނިންމެވުމުގެ ސަބަބުން ޝަރުޢީ ދާއިރާއާއި ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނުބުރުގާ އަޅައިގެން މަސައްކަތްކުރެވޭނެ މަގު ވަނީ ފަހިވެފައެވެ. މިކަމަށް ގިނަ ދީނީ ޢިލްމުވެރިންގެ ފަރާތުން އަންނަނީ ވަރަށް ބޮޑަށް ތަޢުރީފު ލިބެމުންނެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ، ވަޒީފާ ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމެވެ. މި ސިޔާސަތުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭ އުސޫލެއް ނޫނީ ގަވާއިދެއް އޮތްނަމަ، އެ ގަވާއިދެއް ބަދަލުކުރަން ކަމާބެހޭ ފަރާތްތަކަށް އަންގަވާނެކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން، ރައީސްގެ މި ސިޔާސަތާ އެއްގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ވަނީ މުހިންމު އިސްލާހެއް ގެނެސްފައެވެ. މި އިސްލާހާއެކު މިހާރު މޫނު ބުރުގާ އަޅައިގެން ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކަށްވެސް މަސައްކަތްކުރެވޭނެއެވެ. އަދި މޫނު ބުރުގާ އަޅާ މީހަކަށް ސިވިލް ސަރވިސްގެ ވަޒީފާއަކަށް ކުރިމަތިލުމަކަށްވެސް އެއްވެސް ހުރަހެއް ނެތެވެ. މި އުސޫލުގެ ސަބަބުން ވަޒީފާގެ ދާއިރާއިން އަންހެނުންނަށް ލިބޭ ފުރުސަތުތައް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.



ރާއްޖޭގެ ދީނީ ޢިލްމުވެރިން ވަނީ މި ނިންމެވުމަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައެވެ. އެބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މިއީ ވަރަށް މުހިންމު ނިންމެވުމެކެވެ. މި ނިންމެވުމުގެ ސަބަބުން އިޖުތިމާޢީ ޢަދާލަތު ޤާއިމުވެ، މޫނު ބުރުގާއާ މެދު އޮތް ތަފާތުކުރުން ނައްތާލެވޭނެއެވެ. މީގެ އިތުރުން ސިވިލް ސަރވިސް ވަޒީފާ އަދާކުރުމަށް ކުރީގެ ސަރުކާރުތަކުން ދަތިކުރަމުން ދިޔަ މާއްދާ ބަދަލުކޮށް އެ ތުރާލަށް ނިމުން ގެނެސްދެއްވުމީ ވަރަށް ހެޔޮ ނިންމެވުމެއްގެ ގޮތުގައި ޢިލްމުވެރިން ވަނީ ސިފަކުރައްވާފައެވެ. އަދި މިކަމަށްޓަކައި ރައީސް މުޢިއްޒަށާއި ސަރުކާރަށް ޝުކުރު ދެންނެވިއެވެ.

ސަރުކާރުން މިކަމަށް ޚާއްސަ އިސްކަމެއް ދެއްވަނީ، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ހަމަހަމަކަމާއެކު ފުރުޞަތުތައް ފަހިކޮށްދީ، މުޖުތަމަޢުގައި އޮތް ތަފާތުކުރުން ނައްތާލުމަށެވެ. މޫނުބުރުގާ އަޅައިގެން މަސައްކަތްކުރުމަށް އޮތް ހުރަސްތައް ނައްތާލުމަކީވެސް މިގޮތުން ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން