ދުނިޔެ

އަހަންނަކަށް ނޭނގެ އަހަނަށް ޝަހީދުކުރެވުނީ ކިތައް މީހުންކަމެއް ކިތައް ކުޑަކުދިން ކަމެއް: އިސްރާއިލް ސިފައިންގެ މީހެއް

އަހަންނަކަށް ނޭނގެ އަހަނަށް ޝަހީދުކުރެވުނީ ކިތައް މީހުންކަމެއް ކިތައް ކުޑަކުދިން ކަމެއް: އިސްރާއިލް ސިފައިންގެ މީހެއް

ޣައްޒާގައި އެހީތަކެތި ބަހާ ތަނަކަށް އެއްވެފައިވާ ބައެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ސެޕްޓެމްބަރު 2025، 05:10

15 ސެޕްޓެމްބަރު 2025، 05:10

ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ހަނގުރާމައިގައި ޝަހީދުކޮށްލެވުނީ ކިތައް މީހުންކަމެއް ކިތައް ކުޑަކުދިން ކަމެއް ނޭނގޭ ކަމަށް އިސްރާއީލްގެ ނަހަލް ބްރިގޭޑްގެ ސްނައިޕަރެއް ކަމަށްވާ ޔޮނީ ބުނެފިއެވެ. 

އޭނާ ބުނެފައިވަނީ އެހީއަށް ބޭނުންވެފައިވާ މައުޞޫމު ރައްޔިތުންނަށް ހަމަލާދިނުމަށްވެސް  އަމުރު ލިބޭ ކަމަށެވެ.

އިސްރާއީލްގެ ނޫސް "ހަރެޒް" އަށް ދިން އިންޓަވިއުއެއްގައި، ޔޮނީ ވަނީ މިދިޔަ މޭ މަހު ބައިތު ލަހިޔާގައި ކުޑަދެކުދިންނަށް ދިން ހަމަލާއެއްގެ ވާހަކަ ހާމަކޮށްފައެވެ. އެ ހަމަލާގައި އެ ކުދިންނަކީ "ޓެރަރިސްޓުން" ކަމަށް ބުނެ، ސިފައިން ވަނީ އެ ކުދިންނަށް ވަރަށް ބޮޑަށް ހަމަލާދީފައެވެ.

"އަހަރެން ނެގެވް މެޝިން ގަން ނަގައިގެން ސަތޭކަ އެތައް ވަޒަނެއް ޖަހަން ފެށިން. އޭގެ ފަހުން ކުރިއަށް ދިޔައިރު އަހަރެންނަށް އެނގުނީ އެއީ ކުށެއް ކަން،" ޔޮނީ ބުންޏެވެ. "އަހަރެންނަށް ފެނުނީ އަށް އަހަރު ނުވަތަ ދިހަ އަހަރުގެ ދެކުދިންގެ ހަށިގަނޑު ހެންހީވަނީ، ވަޒަން ހެރި ލޭ އޮހޮރިފަ އޮތީ” އޭނާ ބުނެފައިވެއެވެ.

 

ނަހަލްގެ އެހެން ސްނައިޕަރެއް ކަމަށްވާ ބެނީ ބުނެފައިވަނީ، އުތުރު ޣައްޒާގައި އެހީގެ ޓްރަކްތައް އަންނަ ސަރަހައްދުގައި ފެންނަން ނެތް ރޮނގެއް ވާ ކަމަށާއި، އެ ރޮނގު ހުރަސްކުރާ މީހުންނަށް ހަމަލާދޭން އަމުރު ލިބޭ ކަމަށެވެ. 

"ދުވާލަކު 50 އިން 60 އަށް ވަޒަން ޖަހަން. އަހަރެން މަރާލި މީހުންގެ އަދަދު ގުނުން ހުއްޓާލައިފިން. އެތައް ކުޑަކުދިންނެއް މަރާލައިފިން،" އޭނާ ބުންޏެވެ.

އދ. ގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ މޭ 27 އިން ޖުލައި 31 އާ ދެމެދު، އެހީ ހޯދަން އުޅުނު 859 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން 514 މީހުން ވަނީ އެހީގެ ޓްރަކުތައް ދަތުރުކުރާ މަގުތަކުގައި އިސްރާއީލީ ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވަނީ މިއީ އިސްރާއީލުން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަނޑަހައިހޫނުކަން ބޭނުންކުރުން ކަމަށާއި، މިއީ ހަނގުރާމައިގެ ކުށެއް ކަމަށެވެ. އަދި މިއީ އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި ނަސްލު މުޅިން ކުރުމުގެ ޢަމަލުތައް ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން