Ads by Stelco

ޚަބަރު

އެލް ސަލްވަޑޯރގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

އެލް ސަލްވަޑޯރގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި އެލް ސަލްވަޑޯރގެ ދިދަ/ފޮޓޯ: ޝަޓަރސްޓޮކް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ސެޕްޓެމްބަރު 2025، 06:06

15 ސެޕްޓެމްބަރު 2025، 06:06

އެލް ސަލްވަޑޯރގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.

އެލް ސަލްވަޑޯރގެ ޚާރިޖީ ވަޒީރު ހުއާނާ އެލެކްޒެންޑްރާ ހިލް ޓިނޯކޯ އަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، އެލް ސަލްވަޑޯރގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި އެލް ސަލްވަޑޯރ އާ ދެމެދުގައިވާ އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައި ހަރުދަނާވެ، އިތުރުވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، އެލް ސަލްވަޑޯރ ގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ސިއްޙަތާއި އެލް ސަލްވަޑޯރ ގެ ރައްޔިތުންނަށް އަމާންކަމާއި، އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، އެލް ސަލްވަޑޯރގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން