ޚަބަރު
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ހެނބަދޫ ރައްޔިތުން އަހުލުވެރިކުރުމަށް ފުލުހުންގެ ޚާއްޞަ ސެޝަނެއް
 
                    ފުލުހުންގެ ޚާއްޞަ ސެޝަނުގެ ތެރެއިން/ފޮޓޯ: ފުލުހުން
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ނ. ހެނބަދޫގެ ރައްޔިތުން އަހުލުވެރިކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ، ހެނބަދޫ ޕޮލިސް ޕޯސްޓާއި އެ ރަށު ކައުންސިލުން ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ސެޝަނުގައި އެއްގަމު އުޅަނދު ދުއްވުމުގައި ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ވިސްނައިގެން އެއްގަމު އުޅަނދު ދުއްވުމަށާއި، ތިމާއާއި އަނެކުންގެ ސަލާމަތަށް ސަމާލުކަންދީގެން އުޅަނދު ދުއްވުމަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ. ހަމަ އެހެންމެ، އެއްގަމު އުޅަނދުގައި ފުރިހަމަކޮށްފައި ހުންނަންޖެހޭ ކަންކަން ފުރިހަމަކޮށްގެން އުޅަނދު ދުއްވުމަށް ނަސޭހަތްތެރިވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ސީ ޒޯނަށް އުޅަނދުގެ ރަޖިސްޓްރީ ބަދަލުކުރުމުގެ ކަންކަމުގައި ކައުންސިލުން އެހީތެރިވުމާ ގުޅޭގޮތުން ކައުންސިލުގެ ފަރާތުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
 
                 
                             
                                         
                 
                 
                                             
                                            