Ads by Stelco

ޚަބަރު

ކޮސްޓަ ރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ކޮސްޓަ ރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި ކޮސްޓަ ރިކާގެ ދިދަ/ފޮޓޯ: ޝަޓަރސްޓޮކް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ސެޕްޓެމްބަރު 2025، 06:07

15 ސެޕްޓެމްބަރު 2025، 06:07

ކޮސްޓަ ރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.

ކޮސްޓަ ރިކާގެ ޚާރިޖީ ވަޒީރު އަރނޮލްޑޯ ރިކާރޑޯ އާންޑްރޭ ޓިނޯކޯ އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ކޮސްޓަ ރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި ކޮސްޓަ ރިކާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމާއި އެއްބާރުލުން މުސްތަޤުބަލުގައި އިތުރަށް ކުރިއަރައި ވަރުގަދަވެގެންދާނެ ކަމުގެ ޔަޤީންކަން އޮންނަވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކޮސްޓަ ރިކާގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން