ކުޅިވަރު

ވިކްޓްރީގެ ކޯޗަކަށް ލައްޗޭ ހަމަޖައްސައިފި

ވިކްޓްރީގެ ކޯޗަކަށް ލައްޗޭ ހަމަޖައްސައިފި

ވިކްޓްރީގެ ފަރިތަކުރުންތަކުގައި ލައްޗޭ، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 ސެޕްޓެމްބަރު 2025، 08:38

16 ސެޕްޓެމްބަރު 2025، 08:38

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗަކަށް، ރާއްޖެ ދުށް އެންމެ މޮޅު އެއް ފޯވާޑް ކަމުގައިވާ، އާދަމް އަބްދުލް ލަތީފް (ލައްޗޭ) ހަމަޖައްސައިފިއެވެ.

ވިކްޓްރީއާ އެންމެ ވާދަވެރި ނިއު ރޭޑިއަންޓާއި ވެލެންސިއާގެ ލެޖެންޑެއްގެ ގޮތުގައި ފުޓުބޯޅަ ކެރިއަރު ނިންމާލި ލައްޗޭއާއެކު، އެސިސްޓެންޓު ކޯޗެއްގެ ގޮތުގައި އެ ޓީމުގައި މަސައްކަތް ކުރަމުން ދާތަން ފެންނަނީ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އަކްރަމް ޢަބްދުލް ޣަނީއެވެ. ނަމަވެސް އަކްރަމް އެ ޓީމަށް ސޮއިކޮށްފައި ވަނީ ކުޅުންތެރިއެއްގެ ގޮތުގައެވެ. 

ލައްޗޭގެ ބެލުމުގެ ދަށުން ވިކްޓްރީއިން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 19ވާ ހުކުރު ދުވަހެވެ. އެ މެޗުގައި އެ ޓީމުން ނިކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ.

ވިކްޓްރީގެ މެޗު ޝެޑިއުލް:

19 ސެޕްޓެންބަރު 2025 – ބުރު ސްޕޯޓްސް ކްލަބް

25 ސެޕްޓެންބަރު 2025 - ކުލަބް ގްރީން ސްޓްރީޓްސް

2 އޮކްޓޫބަރު 2025 - އޮޑި ސްޕޯޓްސް ކުލަބް

21 އޮކްޓޫބަރު 2025 – ނިއު ރޭޑިއަންޓް 

26 އޮކްޓޫބަރު 2025 – ޓީސީ 

1 ނޮވެންބަރު 2025 – ޔުނައިޓެޑް ވިކްޓްރީ

7 ނޮވެންބަރު 2025 – ވެލެންސިއާ

22 ނޮވެންބަރު 2025 – މާޒިޔާ

28 ނޮވެންބަރު 2025 – އީގަލްސް

ވިކްޓްރީގެ ކޯޗެއްގެ މަޤާމަށް ލައްޗޭ ހަވާލުވިއިރު، ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ދުވަހަކު ވެސް ވިކްޓްރީއަށް ކުޅެފައެއް ނުވެއެވެ.  

ވިކްޓްރީއިން ފުރަތަމަ ޑިވިޝަނަށް މި ނިކުންނަނީ 5 އަހަރަށް ފަހުއެވެ. އެއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ އާއި އެޑްމިނިސްޓްރޭޓިވް މައްސަލަތަކާ ހެދި، އެ ޓީމު 12 ޑިސެމްބަރު 2019 ގައި ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ. 

ފުރަތަމަ ޑިވިޝަނަށް އެނބުރި އައުމަށް ވިންޓްރީއިން ދެވަނަ ޑިވިޝަނުގައި ފުރަތަމަ ވާދަކުރި ފަހަރު އެ ޓީމު ވަނީ ގްރޫޕް ސްޓޭޖުން މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ. ނަމަވެސް ޖެހިގެން އައި އަހަރު އެ ޓީމުން ދެވަނަ ޑިވިޝަނަށް ނިކުތީ، ފުރަތަމަ ޑިވިޝަނަށް އެރުމުގެ އަޒުމުގައި، އެކަން ހާސިލްކުރުމަށް ފުރިހަމައަށް ތައްޔާރު ވެގެނެވެ. 

އެގޮތުން އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމަށް ކުއާޓާ ފައިނަލުގައި އެ ޓީމަށް ބައްދަލުކުރަން ޖެހުނީ ނިއުރޭޑިއަންޓާއެވެ. ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި ކުޅޭ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުގެ ފުރުސަތު ލިބޭއިރު، ވިކްޓްރީން އެ ފުރުސަތު ހޯދީ 2-0 އިން ނިއުރޭޑިއަންޓް ބަލިކުރުމަށްފަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން