ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނަށް ފުރާވަޑައިގެންނެވުން: ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ފަރުދުން
16 ސެޕްޓެމްބަރު 2025، 11:16
16 ސެޕްޓެމްބަރު 2025، 11:16
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނުގެ އިސްލާމްއާބާދަށް ފުރާވަޑައިގަންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ، މިއީ މިމަހުގެ 16 އިން 20 އަށް ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ. އަދި މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުން ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް މަޖިލީހުން މަޢުލޫމާތުދެއެވެ.