Ads by Stelco

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހައްޔަރުކުރެވުނު ދެ މީހުން.

farudhun logo

ފަރުދުން

16 ސެޕްޓެމްބަރު 2025، 01:08

16 ސެޕްޓެމްބަރު 2025، 01:08

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 15 ވަނަ ދުވަހު (އިއްޔެ) ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، ފުރަތަަމަ ފިޔަވަހީ ކަންނެލި ޖެޓީ ސަރަޙައްދުން ސައިކަލެއްގައި ދިޔަ ދެ މީހެއްގެ ޢަމަލުތައް ހުރި ގޮތުން، ތުހުމަތުކުރެވިގެން، މަޑުކުރަން ފުލުހުން އެންގިއެވެ. ނަމަވެސް، އެ ދެ މީހުން މަޑުކޮށްފައިނުވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އެ މީހުން ފަހަތުން ފުލުހުން ގޮސް، ސައިމާ ހިނގުން ފްލެޓްތައް ސަރަޙައްދުން ފުލުހުން އެ މީހުން ހުއްޓުވިއެވެ. އެއަށް ފަހު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 9 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ސ. ހިތަދޫ / ގުލްބަކާގެ، މުޙައްމަދު ނާޒިޝް ނާޡިމް (29އ) އާއި މާލެ / ހ. އަރާހަނދު، ނާޢިމް ޢަބްދުއްރަޝީދު (18އ) ހައްޔަރުކޮށް، އެ މީހުން ދުއްވި ސައިކަލު ވަނީ ޓޯކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން، ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، މި މަހުގެ 13 ވަނަ ދުވަހު ވެސް ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސައިމާ ހިނގުން ސަރަޙައްދު ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 9 ރަބަރު ޕެކެޓު ފެނިފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން