ޚަބަރު
ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން.

ފަރުދުން
16 ސެޕްޓެމްބަރު 2025، 01:49
16 ސެޕްޓެމްބަރު 2025، 01:49
ފުވައްމުލަކު ރައްޔިތުންނަށް ދެވޭ ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދީ، އެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ފަހުމުނާމާގައި ސޮއިކުރެއްވުމުގެ ކުރިން، ދަތުރުފަތުރާ ބެހޭ ވަޒީރު، އަމީން، ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، ކުރެވިދާނެ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމަށް ފަހު، ވަޒީރު އަމީން ވިދާޅުވީ، ފުވައްމުލަކު ވައިގެ ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް ގެންދަވާ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާ ކުރުމުގެ ތަޞައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެކެވެ. މި ކަމުގެ ސަބަބުން، ފުވައްމުލަކު ރައްޔިތުންނަށް ލިބޭ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުޅި ސިޓީގެ ތަރައްޤީއަށް މަގު ފަހިވެގެންދާނެ ކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ފުވައްމުލަކު ރައްޔިތުންނަށް ދެވޭ ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، އެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މިނިސްޓަރ އަމީން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، ޓްރާންސްޕޯޓް މިނިސްޓްރީ… pic.twitter.com/sbBwvgpbCc
— Ministry of Transport and Civil Aviation (@MoTCAmv) September 16, 2025