ޚަބަރު
މާލޭގެ ޕާރކިންގ މައްސަލަ ޙައްލުކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފި

މާލޭގެ ޕާރކިންގ މައްސަލަ ޙައްލުކުރުމަށް މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން. ފޮޓޯ: ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ

ފަރުދުން
16 ސެޕްޓެމްބަރު 2025، 01:49
16 ސެޕްޓެމްބަރު 2025، 01:49
މާލޭގެ ޕާރކިންގ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމުގެ މަޤުޞަދުގައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، މާލޭ ސިޓީ ކައުންސިލްގެ އިސްވެރިންނާއި ދިވެހި ފުލުހުންގެ ޚިދުމަތާ އެކު މުހިއްމު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައެެވެ.
މާލޭގެ ބޮޑުވެފައިވާ ޕާރކިންގ މައްސަލަ ޙައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި، މިހާރު ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ ތަފްޞީލީ ގޮތެއްގައި މަޝްވަރާތަކެއް ކުރެވިފައެވެ. މަޝްވަރާގައި މާލޭގެ މަގުތަކުގައި ޕާރކިންގ މެނޭޖްކުރުމަށް މިހާރު ހުރި ނިޡާމުތަކާއި، އެ ނިޡާމުތައް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް ޚިޔާލު ބަދަލުކުރެވުނެވެ.
މާލޭގެ ޓްރެފިކް މައްސަލަތަކާއި ޕާރކިންގގެ ދަތިކަން ވަނީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވެފައެވެ. އަދި މި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައެވެ. މި ބައްދަލުވުމަކީ، މާލޭގެ ޕާރކިންގ މައްސަލައަށް ޙައްލު ހޯދުމަށް، ސަރުކާރުގެ ތިން މުހިންމު މުއައްސަސާއެއް ގުޅިގެން ކޮށްފައިވާ މުހިންމު މަސައްކަތެއް ކަން ފާހަގަކުރެވެއެވެ.
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން އާއި، މާލޭ ސިޓީ ކައުންސިލް އަދި ދިވެހި ފުލުހުންގެ ޚިދުމަތާ އެކު މާލޭގެ ޕާކިންގ ތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ pic.twitter.com/SYm5f2XzlV
— Ministry of Transport and Civil Aviation (@MoTCAmv) September 15, 2025