Ads by Stelco

ޚަބަރު

އަލިބާބާއާއެކު ކުރި މަސައްކަތުން، އާމްދާނީގެ މަގު ފަހިވެގެންދިޔަ: ވަޒީރު ސަޢީދު

އަލިބާބާއާއެކު ކުރި މަސައްކަތުން، އާމްދާނީގެ މަގު ފަހިވެގެންދިޔަ: ވަޒީރު ސަޢީދު

މިއަދު ކުރިއަށް ދިޔަ އަލިބާބާ ވޯކްޝޮޕްގައި ވަޒީރު މުޙައްމަދު ސަޢީދު ވާހަކަފުޅު ދައްކަވަނީ.

farudhun logo

ފަރުދުން

16 ސެޕްޓެމްބަރު 2025، 03:27

16 ސެޕްޓެމްބަރު 2025، 03:27

އަލިބާބާއާއެކު ކުރަމުންދާ މަސައްކަތްތަކުން، ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ބޭނުންކޮށްގެން، އާމްދަނީ ލިބޭނެ މަގު ފަހިވެފައިވާކަމަށް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، "ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާރކެޓް" ގެ ނަމުގައި އަލިބާބާއާއެކު ކުރިއަށް ގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ ރާއްޖެއަށް އައި ތާރީޚީ ދުވަހެއް ކަމަށެވެ. މި ފެށިގެން ދިޔައީ ދިވެހިންގެ އުފެއްދުންތައް މުޅި ދުނިޔެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ފެށިގެން މި ދިޔައީ ރާއްޖެއިން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި ވޯކްޝޮޕްގައި 600އަށް ވުރެ ބޮޑު ޢަދަދެއްގެ ބައިވެރީން ހިމެނިފައިވާކަމަށެވެ. މިހާރު ވެސް ވިޔަފާރީގައި މަސައްކަތްކުރާ 250 މީހުން ވޯކްޝޮޕްގައި ބައިވެރިވެފައިވާކަމަށާއި، އަދި އޮންލައިންކޮށް ބައިވެރިވެފައިވާ ފަރާތްތަކާއެކު މި ޢަދަދު މިއަށް ވުރެ ވެސް އިތުރުވެގެންދާނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އަލިބާބާ ޑޮޓް ކޮމްގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގު ދިވެހިީންނަށް ފަހިވެގެންދިއުމަކީ ދިވެހި ވިޔަފާރިތަކަށް އެކަމުގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނެ ކަމެއްގެ ގޮތުގައި ވަޒީރު ޞިފަކުރެއްވިއެވެ. އަލިބާބާއިން ތަކެތި ގަންނަ މީހުންގެ ޢަދަދު ޢާލަމީ ގޮތުން 40 މިލިޔަނަށް ވުރެ ގިނައެވެ. މި ފަރާތްތަކުގެ ތެރޭގައި 20 ޤައުމެއްގެ މީހުން ހިމެނެއެވެ. އަލިބާބާއާ ގުޅިގެން ކުރާ މަސައްކަތުން، ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތަކުގެ ބޭނުން ކޮށްގެން އާމްދަނީ ލިބޭނެ މަގު ފަހިވެފައިވާކަމަށާއި، މުޅި ދުނިޔެއަށް ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ފަހިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަލިބާބާގެ ޕްލެޓްފޯމްތަކުން ދިވެހި ވިޔަފާރިތަކަށް 40 މިލިޔަން ބަޔާރސްއާ ކަނެޓްކޮށްދޭނެ. އެއީ 200 އެއްހައި ޤައުމު. މިއީ ދުވާލަކަށް 400،000 ޑެއިލީ އިންކުއެރީޒް. ވިޔަފާރިތަކުން ހަމައެކަނި އެމީހުންގެ އުފެއްދުންތަކެއް ނޫން ވިއްކަނީ. މުޅި ދުނިޔެއަށް އެ ވިއްކަނީ ދިވެހީންގެ ޘަޤާފަތާއި ދިވެހިވަންތަކަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ވޯކްޝޮޕްގެ ތެރެއިން ދިވެހި ވިޔަފާރިތަކަށް މުހިންމު ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ބާޒާރަށް ބޭނުންވާ ފެންވަރަށް އުފެއްދުންތައް ތައްޔާރުކުރުމާއި، ލޮޖިސްޓިކްސްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި އަދި މި ނޫން ވެސް ވިޔަފާރިތަކަށް ބޭނުންވާ ގިނަ މަޢުލޫމާތުތަކެއް މި ފުރުޞަތުގެ ތެރެއިން ލިބިގެންދާނެކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން