Ads by Stelco

ޚަބަރު

ބީ.އެމް.އެލް.ގެ އިންޓަރންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފި!

ބީ.އެމް.އެލް.ގެ އިންޓަރންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފި!

ބީ.އެމް.އެލް. ލޯގޯ

farudhun logo

ފަރުދުން

16 ސެޕްޓެމްބަރު 2025، 04:05

16 ސެޕްޓެމްބަރު 2025، 04:05

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް.)އިން ކުރިއަށް ގެންދާ މި އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 

މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނާއި ދަސްވެނީންނަށް އަމާޒުކޮށްގެން، 12 މަސް ދުވަހުގެ މުއްދަތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

ބީ.އެމް.އެލް. އިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން މިހައިތަނަށް އެކި ދާއިރާގެ ދަސްވެނީންނަށް ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އަދި މި އަހަރު، އިންފޮރމޭޝަން ޓެކްނޮލޮޖީ (އައި.ޓީ.) ދާއިރާއިން ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނާއި ދަސްވެނީންނަށް ޚާއްޞަކޮށްފައިވާ "ޓެކް ސްޓަރޓް" އިންޓަރންޝިޕަށް ވެސް ހުޅުވާލާފައިވާ ކަމަށް އެ ބޭންކްއިން ބުނެއެވެ.


ގްރެޖުއޭޓް އިންޓަރންޝިޕް: 15 ބައިވެރީންނަށް – ބޭންކުގެ އެކި ޑިވިޜަންތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބޭނެ
ޓެކް ސްޓަރޓް އިންޓަރންޝިޕް: 10 ބައިވެރީންނަށް – ބޭންކުގެ ޓެކްނޮލޮޖީ ޑިވިޜަންގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބޭނެ


މި ޕްރޮގްރާމް މެދުވެރިކޮށް، ދަރިވަރުންނާއި ދަސްވެނީންނަށް އިންޓަރންޝިޕް މުއްދަތުގައި ލިބޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕަރޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި އަހަރުގެ ގްރެޖުއޭޓް އިންޓަރންސަށް ކޮންމެ މަހަކު ލިބޭ އެލަވެންސް 9،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، ޓެކް ސްޓަރޓް އިންޓަރނސަށް މަހަކު 11،000 ރުފިޔާގެ އެލަވެންސެއް ލިބޭނެއެވެ. ދެ ވައްތަރުގެ އިންޓަރންޝިޕްގައި ވެސް އަހަރީ، ޞިއްޙީ، އަދި ޢާއިލީ ޗުއްޓީ ލިބޭނެއެވެ. އަދި ގްރެޖުއޭޓް އިންޓަރންޝިޕްގައި ރަމަޟާން ޢިނާޔަތް ވެސް ލިބޭނެއެވެ.

2018 ވަނަ އަހަރުން ފެށިގެން މިހައިތަނަށް ބޭންކުން 77 އިންޓަރންސަށް ތަޖުރިބާގެ ފުރުޞަތު ފަހިކޮށްދީފައި ވެއެވެ. މީގެ ތެރެއިން ބައެއް އިންޓަރންސަށް ބޭންކުގެ ދާއިމީ ވަޡީފާގެ ފުރުޞަތު ވެސް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

މި ފުރުޞަތަށް ހުށަހެޅުމުގެ ސުންގަޑިއަކީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ. 



Ads by MSS

މި ލިޔުން ކިޔާލުމުން