ކުޅިވަރު

އޭޝިއަން ކަޕް ކޮލިފަޔާސްގައި ވާދަކުރާ ޤައުމީ ފުޓްސަލް ސްކޮޑު އިޢުލާންކޮށްފި

އޭޝިއަން ކަޕް ކޮލިފަޔާސްގައި ވާދަކުރާ ޤައުމީ ފުޓްސަލް ސްކޮޑު އިޢުލާންކޮށްފި

ޤައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިސްގެ ތެރެއިން، ފޮޓޯ: ވަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 ސެޕްޓެމްބަރު 2025، 08:39

16 ސެޕްޓެމްބަރު 2025، 08:39

މިއަންނަ އަހަރު އޮންނަ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފަޔާސްގައި ވާދަކުރާ ޤައުމީ ފުޓްސަލް ސްކޮޑު މިއަދު އިޢުލާންކޮށްފިއެވެ. 

މި މުބާރާތުގެ ކޮލިފަޔާސްގެ މެޗުތައް ކުރިޔަށް ދާނީ މި މަހުގެ 20-24އަށް މިޔަންމާގައެވެ. 

މުބާރާތުގެ ކޮލިފަޔާސްގައި 8 ގްރޫޕް ހިމެނޭއިރު، ރާއްޖެ ހިމެނޭ ގްރޫޕް-އެޗްގައި ހިމެނެނީ ތިން ޓީމެވެ. އެއީ ކޮލިފަޔާސް ހޮސްޓުކުރާ މިޔަންމާ އާއި އަފްޤާނިސްތާނެވެ. 

މީގެ ތެރެއިން، މި އަންނަ އަހަރުގެ ޖެނުއަރީ 27އިން ފެބުރުއަރީ7އަށް އިންޑޮނޭޝިއާގައި އޮންނަ ފުޓްސަލް އޭޝިއަން ކަޕަށް ކޮލިފައި ވާނީ، ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ޓީމާއި، ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާއެއް ހޯދާ 7 ޓީމެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިޢުލާންކުރި ދިވެހި ސްކޮޑުގައި ޢަލީ ޙާފިޒް އާއި އަޙުމަދު އަޔާޒު ހިމެނޭހެން ޖުމްލަ 14 ކުޅުންތެރިއަކު ހިމެނެއެވެ. 

ޤައުމީ ފުޓްސަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރިން:

  • އަޙުމަދު އަޔާޒް
  • ޢަލީ ޙާފިޒް
  • ޝާމިން މުޙައްމަދު
  • ޢަލީ ޝިޔާން
  • އިސްމާޢީލް ވަޖީހު
  • ޙުސެއިން ސުޙެއިލް
  • މުޙައްމަދު ފާސިރު
  • އަޙުމަދު ރާޙިމް
  • ޢަލީ ޝަމާލް
  • ހުޒައިފަތު ރަޝީދު
  • އިޝާން އިބްރާޙިމް
  • މުޙައްމަދު އިމްރާން
  • އަބްދުالله ޒިމާމް
  • އަބްދުالله ނާސިޙު

ޤައުމީ ފުޓްސަލް ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ އަޙުމަދު ނިޔާޒްއެވެ. އެސިސްޓެންޓު ކޯޗަކަށް މުޙައްމަދު ފުޙައިދު ހަމަޖައްސާފައިވާއިރު، ޓީމުގެ މެނޭޖަރަކީ މުޙައްމަދު އުމެއިރުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން