Ads by Stelco

ޚަބަރު

ޤައުމީ "ވޯޓަރ، ސެނިޓޭޝަން އެންޑް ހައިޖީން" ޕޮލިސީ ފައިނަލް ކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

ޤައުމީ "ވޯޓަރ، ސެނިޓޭޝަން އެންޑް ހައިޖީން" ޕޮލިސީ ފައިނަލް ކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

ޤައުމީ "ވޯޓަރ، ސެނިޓޭޝަން އެންޑް ހައިޖީން" ޕޮލިސީ ބޭއްވި ވޯކްޝޮޕް: ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

17 ސެޕްޓެމްބަރު 2025، 06:44

17 ސެޕްޓެމްބަރު 2025، 06:44

ޤައުމީ "ވޯޓަރ، ސެނިޓޭޝަން އެންޑް ހައިޖީން" (ވޮޝް) ޕޮލިސީ ފައިނަލް ކުރުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވޯކްޝޮޕެއް ބާއްވައިފިއެވެ. 

މި ޕޮލިސީ އެކުލަވާލުމުގެ މަސައްކަތަކީ، ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް)ގެ އެހީގައި ކުރިޔަށްގެންދާ މަސައްކަތެކެވެ. އަދި މިއީ ޤައުމީ ފެންވަރުގައި އެކުލަވާލާ މިފަދަ ފުރަތަމަ ޕޮލިސީކަން ފާހަގަކޮށްލެވެއެވެ.

ވޮޝްގެ ވެލިޑޭޝަން ވޯކްޝޮޕްގައި، ސަރުކާރުގެ ގިނަ މުއައްސަސާތަކުންނާއި، ޔުޓިލިޓީ ކުންފުނި ތަކުންނާއި އަދި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެފައިވެއެވެ. މިގޮތުން މި ހުރިހާ ފަރާތްތަކުގެ ބައިވެރިވުން ލިބިގެން ދިއުމަކީ، ޑްރާފްޓްކޮށްފައި ޕޮލިސީ އިތުރަށް ހަރުދަނާކުރުމަށާއި، ދުޅަހެޔޮ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް މުހިންމު ކަމެއްކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

އެ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިފަދަ ޕޮލިސީއެއް އެކުލަވާލުމުގެ ބޭނުމަކީ އާންމު ބޭނުންތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެކަށީގެންވާ ފާޚާނާ އަދި ނަރުދަމާގެ ޚިދުމަތްފޯރުކޮށްދީ، ދުޅަހެޔޮ ރައްކާތެރި މާހައުލެއް ޤާއިމުކޮށް، ދެމެހެއްޓެނިވި ގޮތަކަށް މި ކަންކަން ކުރުމަށް އެހީތެރިވެދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން