ޚަބަރު
ވީ.އައި.އޭ.ގައި ޤަވާޢިދާ ޚިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވީ.އައި.އޭ.ގައި ޤަވާޢިދާ ޚިލާފަށް ޑޮލަރު މާރުކުރަން އުޅުމުގެ ސަބަބުން އިއްޔެ ހައްޔަރުކޮށްފައިވާ މީހާ. ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް.

ފަރުދުން
17 ސެޕްޓެމްބަރު 2025، 12:17
17 ސެޕްޓެމްބަރު 2025، 12:17
ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ޤަވާޢިދާ ޚިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު (އިއްޔެ) ވީ.އައި.އޭ.ގެ ރިޒޯޓް ކައުންޓަރުތައް ކައިރީގައި ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތަކީ ބަންގްލަދޭޝަށް ނިސްބަތްވާ ރަފިޤުލް އިސްލާމް (30އ) އެވެ. މީނާއަކީ ނުޤަވާޢިދަށް ރާއްޖޭގައި ދިރިއުޅޭ މީހެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް، ބަލައި ފާސްކުރި އިރު، 68،000 (ފަސް ދޮޅަސް އަށް ހާސް)އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި، 1700 (ސަތާރަ ސަތޭކަ)އަށް ވުރެ ގިނަ ޔޫ.އެސް. ޑޮލަރުގެ އިތުރުން، އެކި ޤައުމުތަކުގެ ފައިސާ އޭނާގެ އަތުން ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ބެހޭ އިތުރު ތަޙުޤީޤުތައް ފުލުހުން މިހާރު ކުރަމުން ގެންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިhttps://t.co/Jtc3pi4Rg2 pic.twitter.com/MlCJYB8gfo
— Maldives Police (@PoliceMv) September 17, 2025