Ads by Stelco

ޚަބަރު

ކަރެކްޝަންސްގެ 23 އޮފިސަރުން ރެހިބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަންއާ ގުޅޭ ޕްރޮގްރާމް ފުރިހަމަކޮށްފި

ކަރެކްޝަންސްގެ 23 އޮފިސަރުން ރެހިބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަންއާ ގުޅޭ ޕްރޮގްރާމް ފުރިހަމަކޮށްފި

ޕްރޮގްރާމުގެ ބައިވެރިއަކަށް ސެޓްފިކެޓް ދިނުން/ފޮޓޯ: އެމްސީއެސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ސެޕްޓެމްބަރު 2025، 12:18

17 ސެޕްޓެމްބަރު 2025، 12:18

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ 23 އޮފިސަރުން ރެހިބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަންއާ ގުޅޭ ޕްރޮގްރާމް ފުރިހަމަކޮށްފި އެވެ.

މިއީ، އެމްސީއެސް އާއި ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން "ކޮމިއުނިޓީ-ބޭސްޑް، އޭޖް އެންޑް ޖެންޑަރ ރެސްޕޮންސިވް ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ސްޓްރެޓެޖީސް ފޮރ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޓްރޭނިންގ ޕްރޮގްރާމެކެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި އެކި ޖަލުތަކުންނާއި ހެޑް އޮފީހުން، ޤައިދީންގެ ރިހެބިލިޓޭޝަން މަސައްކަތްކުރާ 23 އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެފައިވާކަމަށް އެމްސީއެސް އިން ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައި ކުރިއަށް ގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ އިޝިގާމީ ރުމިކޯއެވެ. މި ޓްރޭނިންގ ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި، އެގްޒަކަޓިވް ކޮމިޓީގެ މެމްބަރުންނާއި، ޔޫއެންއޯޑީސީގެ ފަރާތުން މިސްޓަރ އެންރީކޯ ބޮނިންސޭންޔާ އާއި ޓީމް ބައިވެރިވިލައްވާފައިވާކަމަށް އެމްސީއެސް އިން ވިދާޅުވިއެވެ.

އެމްސީއެސް އިން އިތުރަށް ވިދާޅުވީ، މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ. ހަމަ މިއާއެކު،  "ރިސްކް ނީޑް ރެސްޕޮންސިވިޓީ" (އާރްއެންޑްއާރް) މޮޑެލް ފަދަ ބައިނަލްއަޤްވާމީ މިންގަނޑުތައް ބޭނުންކޮށްގެން، އެކި ބާވަތުގެ ކުށްތަކުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް ޚާއްޞަ ކޮމިއުނިޓީ-ބޭސްޑް ސްޓްރެޓެޖީތަކެއް އެކުލަވާލައި އަދި ތަންފީޛުކުރުމަށް މި ޕްރޮގްރާމުގައި ވަނީ ކިޔައިދެއްވާފައެވެ. އެގޮތުން، ޔޫއެންއޯޑީސީގެ ޕްރިޒަން އެކްސްޕަރޓުން ވަނީ، އާރްއެންޑްއާރް މޮޑެލްގެ އަސާސް ކިޔަވައިދެއްވަފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށޭނެ ޚިދުމަތްތައް ޤައިދީންނަށް ދިނުމަށް ތަފާތު އެކި ޕްރޮގްރާމުތައް ދަނީ ހިންގަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން