ދުނިޔެ

ޙަމާސް ނައްތާލުމަކީ ނުވާނެ ކަމެއް: އިސްރާއިލް ސިފައިންގެ އިސްވެރިޔާ

ޙަމާސް ނައްތާލުމަކީ ނުވާނެ ކަމެއް: އިސްރާއިލް ސިފައިންގެ އިސްވެރިޔާ

އިސްރާއިލް ސިފައިން ޣައްޒާގައި ހަރަކާތްތެރިވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2025، 01:04

17 ސެޕްޓެމްބަރު 2025، 01:04

ޙަމާސް ނައްތާލުމަކީ ނުވާނެ ކަމެއް ކަމަށް އިސްރާއިލް ސިފައިންގެ އިސްވެރިޔާ އެޔަލް ޒަމީރު ބުނެފިއެވެ.

އިކޮނޮމިސްޓް ނޫހުން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ސިފައިންގެ އެންމެ އިސްވެރިޔާ އެޔަލް ވަނީ އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުގައި، ހަމާސް މުޅިން ނައްތާލުމަށް އަހަރުތަކެއް ނަގާނެ ކަމަށާއި، އެކަން ވެދާނެ ކަމާމެދުވެސް ސުވާލު އުފެދޭ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އިސްރާއީލުގެ ޑިޕްލޮމެޓުންގެ ހަވާލާ ދެމުން އިކޮނޮމިސްޓުން ބުނެފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެތްތެރިކަން ވަނީ ހުސްވާން ފަށާފައެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޓްރަމްޕަށް ޔަޤީންކޮށްދީފައިވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތަކުން ހަމާސް ނައްތާލެވޭނެ ކަމަށެވެ.

އެ މަޢުލޫމާތު ދިން ފަރާތްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، ނަތަންޔާހޫގެ ބަސްތައް ދޮގުވެއްޖެނަމަ، ޓްރަމްޕް އިސްރާއީލަށް ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަށް މަޖުބޫރު ކޮށްފާނެއެވެ.

ނިއުޔޯކް ޓައިމްސް ނޫހުން އިސްރާއީލުގެ އިސްވެރިންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ޣައްޒާ ސިޓީއަށް އިސްރާއީލުގެ ސިފައިން ވަދެއްޖެނަމަ، ހަމާސްއިން ރޭވި ރޭވުންތަކާއި ހަނގުރާމައިގެ އުކުޅުތައް ބޭނުންކުރާނެ ކަމަށް ބެލެވެއެވެ.

އިސްރާއީލުގެ ސިފައިން އިއްޔެ ވަނީ ޣައްޒާ ސިޓީއަށް ވައިގެ އަދި އެއްގަމުގެ ހަމަލާތައް އިތުރުކޮށް، ސިޓީގެ އުތުރުގައި ހުރި ގިނަ އަދަދެއްގެ ރިހާއިޝީ އިމާރާތްތައް ވައްޓާލާފައެވެ. އަދި ޣައްޒާގެ ބަނދަރު ސަރަހައްދާއި ރަމާލް ސަރަހައްދުގެ ރައްޔިތުންނަށް ވަނީ އެ ސަރަހައްދުތައް ދޫކޮށް ދެކުނަށް ދިއުމަށް އަންގާފައެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހޯދަމުންދާ ނަތަންޔާހޫ ވަނީ އިއްޔެ ޣައްޒާ ސިޓީއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި ކަމަށް އިޢުލާން ކޮށްފައެވެ. އަދި އިސްރާއީލުގެ ދިފާއީ ވަޒީރު ޔިސްރާއީލް ކަޓްސް ވަނީ "ޣައްޒާ އަނދަމުންދަނީ" ކަމަށް ބުނެފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން