ދުނިޔެ

ޕަޕުއާ ނިއު ގިނީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޕަޕުއާ ނިއު ގިނީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ބިންހެލުން މޮނިޓަރކުރުން---

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ސެޕްޓެމްބަރު 2025، 01:04

17 ސެޕްޓެމްބަރު 2025، 01:04

ޕަޕުއާ ނިއު ގިނީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އެ ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަން އިންޑިއާގައި ހުންނަ ނޭޝަނަލް ސެއިސްމޮލޮޖީ ސެންޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

އިންޑިއާގައި ހުންނަ ބިންހެލުން މޮނީޓަރު ކުރާ މަރުކަޒު، ނޭޝަނަލް ސެއިސްމޮލޮޖީ ސެންޓަރުން ބުނީ، ނިއު އަޔަލެންޑް ރީޖަން އަދި ޕަޕުއާ ނިއު ގިނީ ސަރަޙައްދަށް 6.0 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. އަދި މި ބިންހެލުން އައިސްފައި ވަނީ 70 ކިލޯމީޓަރު ކަނޑުގެ އަޑިންކަމަށް އެ  ސެންޓަރުން ވަނީ މަޢުލޫމާތު ދީފައެވެ.

މި ބިންހެލުމާއި ގުޅިގެން އެއްވެސް ގެއްލުމެއް ލިބިފައިވާކަން އަދި ސާފު ނުވާއިރު، ބިންހެލުމާއި ގުޅޭ އިތުރު ތަފްޞީލެއް ވެސް ރިޕޯޓުކޮށްފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން