ޚަބަރު
ވިލާ ކޮލެޖަކީ ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ޢިލްމީ ދަންމަރެއް: ވަރީޒު އާދަމް ޝަރީފް

ވިލާ ކޮލެޖުގެ ދަރިވަރުން ދަސްވެނިވުމުގެ ޙަފްލާގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ.

ފަރުދުން
17 ސެޕްޓެމްބަރު 2025، 02:14
17 ސެޕްޓެމްބަރު 2025، 02:14
ވިލާ ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ޢިލްމީ ބިނާއެއް އަދި ދަންމަރެއް ކަމަށް, ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވާ މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.
ޢިލްމުގެ ތަފާތު ނަޡަރިއްޔާތަކާއެކު، އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ޢިލްމީ ޚަޒާނާއެއް. ފެންވަރު ރަނގަޅު ތަޢުލީމާއި، ތަމްރީނު ފޯރުކޮށްދޭ އަދި އެކްސްޕީރިއެންޝަލް ލަރނިންގއަށް ފުރުޞަތު ބޮޑު ޢިލްމީ ބިނާއެއް.
ވިލާ ކޮލެޖު ޞިފަކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ވިލާ ކޮލެޖަކީ، މަތީ ތަޢުލީމު ހޯދުމަށް ރާއްޖޭގެ ގިނަ ބަޔަކު މިއަދު އިޚުތިޔާރުކުރާ ކޮލެޖު ކަމުގައި ވިދާޅުވިއެވެ. ދުނިޔޭގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން ކުރެވޭ ތަޖުރިބާތައް ހޯދުމުގެ އިންތިޡާމުތައް ވިލާ ކޮލެޖުން ފަހިކޮށްދެއްވާފައިވާ ކަން އުފަލާއެކު ވަޒީރު ފާހަގަކުރެއްވިއެވެ. 1448 ދަރިވަރުން އެއް ފަހަރާ ނިމި، ވިލާ ކޮލެޖުން ދަސްވެނިވުމަކީ މި ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް ވިލާ ކޮލެޖުން ކޮށްދޭ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ކޮލެޖުގެ ބާނީ (ނިޝާން މުލީގޭ ޢިއްޒަތުގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޤާސިމް އިބްރާހީމް)އަށާއި، ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރަށް ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމާރު ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައިފި. pic.twitter.com/io9fGSfK8S
— Ministry of Cities, Local Government, Public Works (@MoCLPmv) September 17, 2025