Ads by Stelco

ޚަބަރު

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފ:ި އިމިގްރޭޝަން

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފ:ި އިމިގްރޭޝަން

ޕާސްޕޯޓް ކާޑު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2025، 02:15

17 ސެޕްޓެމްބަރު 2025، 02:15

ޕާސްޕޯޓް ކާޑުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

 އިމިގްރޭޝަނުން ބުނީ، ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ޕާސްޕޯޓު ކާޑަކީ އިލެކްޓްރޯނިކް ޕާސްޕޯޓް އޮންނަ ފަރާތްތަކަށާއި، މޯލްޑިވްސް އިމިގްރޭޝަނަށް ހާޒިރުވެ، ކާޑުގައި ހިމެނުމަށް އިނގިލީގެ ނިޝާން އިލެކްޓްރޯނިކްކޮށް ދެވޭނެ ފަރާތްތަކަށް ދޫކުރާ ކާޑެކެވެ.

މި ޕާސްޕޯޓު ކާޑު ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ނުވަތަ ކަނޑުގެ ބަނދަރަކުން ފުރައިގެން ދިއުމަށާއި، ރާއްޖެ އެތެރެވުމަށް ބޭނުން ކުރެވޭނެކަމަށް އިމިގްރޭޝަން އިން ވަނީ ކަނޑައަޅާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑާއި، ޕްރިޕެއިޑް ކާޑުން ލިބޭ ޚިދުމަތްތައް ހޯދުމަށާއި، އެލައިޑް އިންޝުއަރެންސްގެ ޚިދުމަތްތައް ހޯދުމަށާއި، ދިވެހި ރައްޔިތެއްކަން ދެނެގަތުމަށް ނުވަތަ ކާކުކަން ދެނެގަތުމަށްވެސް މި ކާޑު ބޭނުންކުރެވޭނެއެވެ.

ޕާސްޕޯޓް ކާޑަކީ ސެކިއުރިޓީ ފީޗަރސް ވަރުގަދަ، އޭގެ ވެރިފަރާތުގެ ހުރިހާ މަޢުލޫމާތެއް ހިމެނޭ ކާޑެކެވެ. ޓެކްނޮލޮޖީއާއެކު ބަދަލުވަމުން އަންނަ ކަންތައްތަކުގެ ތެރެއިން ދިވެހިންގެ ތެރެއަށް 2017 ވަނަ އަހަރު ތައާރަފްކުރި ޕާސްޕޯޓް ކާޑަކީ ފުލީ ކާރބަން މެޓީރިއަލް އިން ތައްޔާރުކޮށްފައިވާ ކާޑެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން