Ads by Stelco

ޚަބަރު

ޚާއްޞަ އެލަވަންސް އަކާއެކު އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

ޚާއްޞަ އެލަވަންސް އަކާއެކު އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

އެމްޕީއެލް އިންޓާންޝިޕްގެ ތެރެއިން/ފޮޓޯ: ވަގުތު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ސެޕްޓެމްބަރު 2025، 06:11

17 ސެޕްޓެމްބަރު 2025، 06:11

ޚާއްޞަ އެލަވަންސް އަކާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ގުޅިގެންނެވެ. އެގޮތުން، މި އަހަރު ޕްރޮގްރާމްގައި ހުޅުވާލާފައި ވަނީ މެރީން މެކޭނިކް، ހެވީ ވެހިކަލް މެއިންޓެނެންސް، އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް، އެޑްމިނިސްޓްރޭޓިވް، ފަރުނީޗަރު ކާޕެންޓްރީ އަދި ވެލްޑިން ޓެކްނިކްސްގެ ދާއިރާއިން ޖާގަތަކަށެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މި ފަހަރު ތަމްރީންކުރާ ދާއިރާތަކާއި ކުދިންގެ ޢަދަދު:

  • މެރީން މެކޭނިކް - 3 ފަރާތެއް
  • ހެވީ ވެހިކަލް މެއިންޓެނެންސް - 10 ފަރާތެއް
  • އިލެކްޓްރީޝިއަން އިންސްޓޮލޭޝަން  އެންޑް މެއިންޓެނެންސް - 6 ފަރާތެއް
  • އެޑްމިނިސްޓްރޭޓިވް - 1 ފަރާތެއް
  • ފަރުނީޗަރު ކާޕެންޓްރީ - 4 ފަރާތެއް
  • ވެލްޑިން ޓެކްނިކްސް - 6 ފަރާތެއް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް އިން ވިދާޅުވީ، މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކު 5،000 ރުފިޔާގެ އެލަވަންސްއެއް ލިބޭނެ ކަމަށެވެ. އަދި މިއީ 6 މަސް ދުވަހުގެ މުއްދަތަަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަނޑިއަކީ 29 ސެޕްޓެމްބަރުގެ 15:30 ކަމަށް އެމްޕީއެލް އިން ވިދާޅުވިއެވެ. ހަމަ މިއާއެކު، މި ޕްރޮގްރާމާ ބެހޭ އިތުރު މަޢުލޫމާތާއި ބައިވެރިވުމަށް އެދޭ ފޯމް ގެޒެޓްކޮށްފައިވާ އިޢުލާންގައި ވާނެކަމަށް ވިދާޅުވިއެވެ.

އެމްޕީއެލް އިން މީގެ ކުރިން ވެސް މިފަދަ ޕްރޮގްރާމްތަކެއް އެކި ދާއިރާތަކުން ހިންގާފައިވާއިރު، މި ޕްރޮގްރާމްތަކަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން