Ads by Stelco

ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ މިނިވަންކަމުގެ ފަލަ ރަތް ރޮނގު އިތުރަށް ފަވާލެވޭ ފަވާލެވުމަކަށް: ދިފާޢީ ވަޒީރު

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ މިނިވަންކަމުގެ ފަލަ ރަތް ރޮނގު އިތުރަށް ފަވާލެވޭ ފަވާލެވުމަކަށް: ދިފާޢީ ވަޒީރު

ދިފާޢީ ވަޒީރު/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 ސެޕްޓެމްބަރު 2025، 01:41

18 ސެޕްޓެމްބަރު 2025، 01:41

މޯލްޑިވްސް ނޭޝަނަލް ސަރވިސް (ދިވެހި ވަޠަނީ ޚިދުމަތު) ގެ ޕްރޮގްރާމް ވެގެންދާނީ މިނިވަންކަމުގެ ފަލަ ރަތް ރޮނގު އިތުރަށް ފަވާލެވޭ ފަވާލެވުމަކަށްކަމަށް ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ދިފާޢީ ވަޒީރު މިފަދައިން ވިދާޅުވީ، މި ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ހޮވުނު ބައިވެރިން ތަމްރީނު ފުރިހަމަކުރުމަށް އިއްޔެ ޅ. މާފިލާފުށްޓަށް ފުރާފައިވުމާއި ގުޅިގެން އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ދިފާޢީ ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވި މި ޕްރޮގްރާމް ވެގެންދާނީ ދިވެހި މުޖްތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ސިޔާސަތަކަށް ކަމަށެވެ. ހަމަ އެހެންމެ، މިކަން ވެގެންދާނީ ޤައުމީ ތަރައްޤީއަށް މަސައްކަތް ކުރާނެ އިޚްލާޞްތެރި ޖީލެއް އުފެދުމުގެ އައު ފެށުމަަކަށްކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމް ވެގެންދާނީ މިނިވަންކަމުގެ ފަލަ ރަތް ރޮނގު އިތުރަށް ފަވާލެވޭ ފަވާލެވުމަކަށް ކަމަށެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް އުފެއްދުމެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކުރުމެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި 1،242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރަށް ހޮވުނު 343 ޒުވާނުން މިއިްޔެ ވަނީ ތަމްރީނަށް ފުރާފައެވެ. އެގޮތުން، ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29 އަހަރާއި ދެމެދުގެ ޖުމްލަ 64 އަންހެން ބައިވެރިންނާއި، 279 ފިރިހެން ޒުވާނުން ވަނީ ތަމްރީނަށް ގޮސްފައެވެ. މި ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށާއި، އެ ޒުވާނުންގެ ބެލެނިވެރިންނާއި ޢާއިލާތަކަށް ރައީސުލްޖުމްހުރިއްޔާ ވަނީ މަރްޙަބާ ދަންނަވާފައެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރެވުނު ޕްރޮގްރާމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން