ޚަބަރު
އައްޑޫ ސިޓީގައި އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމު ނިންމާލައިފި

ޕްރޮގުރާމު ނިންމާލުން/ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
ހުލާސާ
އިސްލާމީ ކަންތައްތަަކާ ބެހޭ ވުޒާރާއިން އައްޑޫ ސިޓީގައި އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމު ނިންމާލައިފި އެވެ.
މިކަމަށްޓަކައި އައްޑޫ ސިޓީގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވާފައެއިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ޖުމްލަ 52 އިމާމުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ޕްރޮގުރާމުގެ ދަންފަޅިތައް ބައިވެރިންނަށް ނަންގަވައިދެއްވީ އައްޝައިޚް މުޙައްމަދު އަނީލް، އައްޝައިޙް އަޙްމަދު ނާޒިޙް، އަައްޝައިޛް އަޙްމަދު ރިމާޒް އަދި އަލްޙާފިޡް މުޙައްމަދު ޞާލިޙް އަޙްމަދު ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އިމާމުންނާއި ޚަޠީބުން ތާޒާކޮށް އިތުރަށް ތަމްރީން ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.