Ads by Stelco

ޚަބަރު

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ 3 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ 3 ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރަލުގެ ވިޔަފާރިގައި ހައްޔަރުކުރި ބިދޭސީން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 ސެޕްޓެމްބަރު 2025، 06:40

18 ސެޕްޓެމްބަރު 2025، 06:40

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ 3 ބިދޭސީއަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން މިމަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން، މި އޮޕަރޭޝަނުގައި މާލޭގެ ތިން އެޕާޓްމަންޓެއް ބަަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ތަންތަން ބަލައިފާސްކުރުމުގެ ތެރެއިން، 9 ފުޅި ބަނގުރަލާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 5ލީ ޓަރުގެ 6 ފުޅިއާއި، 500 އެމްއެލްގެ 78 ފުޅިއާއި، 22 ޓައްޕު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ މިއާއެކު، ކުށް ކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ 29،000 އަށްވުރެ ގިނަ ރުފިޔާއާއި 100 ޑޮލަރު ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް، ސައްބިރް ހޮސައިން (33އ) އާއި، ބަންގްލަދޭޝް، މުހައްމަދު ބަދަލް (52) އާއި އިންޑިއާ، ރާޖު ދަސް (20އ) އެވެ. މި 3 މީހުން ވެސް ހައްޔަރުކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް ބަނގުރާ އުފައްދައި، ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި ތިން މީހުން ވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން