ކުޅިވަރު / ޚަބަރު

ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ

ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ

ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތް ފޮޓޯ: ހޭންޑްބޯލް އެސޯސިއޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ސެޕްޓެމްބަރު 2025، 07:32

18 ސެޕްޓެމްބަރު 2025، 07:32

ފުރަތަމަ ފަހަރަށް ބޭއްވޭ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ދިވެހިރާއްޖެ ވަނީ މޮޅުވެފައެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ސިޓީގެ ހޭންޑްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދިވެހިރާއްޖެއިން ވަނީ ސްރީލަންކާ 2-1 ސެޓުން ބަލިކޮށްފައެވެ.


މި މެޗުގެ ފުރަތަމަ ސެޓު ދިވެހިރާއްޖެއިން ކާމިޔާބުކުރީ 28-24 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓުގައި ދިވެހި ޓީމުން އެންމެ ފާހަގަކޮށްލެވޭ ގޮތެއްގައި ކުޅުނީ މިފަހަރު އަލަށް ޤައުމީ ޓީމުގެ ޖާގަ ހޯދި ޒުވާން ކުޅުންތެރިޔާ ރާއުލްއެވެ. ނަމަވެސް، ދެވަނަ ސެޓުގައި ސްރީލަންކާއިން ކުޅުން ރަނގަޅުކޮށް، އެ ސެޓު 34-26 އިން ކާމިޔާބުކުރިއެވެ.


މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ސެޓުން އެއްވަރުވުމާ ގުޅިގެން، މެޗުގެ ނަތީޖާ ނިންމީ ޕެނަލްޓީ ޝޫޓްއައުޓުންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ދިވެހިރާއްޖެއިން ވަނީ 7-4 ގެ ސްކޯއަކުން ސްރީލަންކާ ބަލިކޮށްފައެވެ.


މި މުބާރާތުގައި ދިވެހިރާއްޖެއިން ދެން ކުޅޭނީ މާދަމާ ހުކުރު ދުވަހު ހެނދުނު ސައުތު އެފްރިކާއާ ދެކޮޅަށެވެ. އަދި ހަމަ އެ ދުވަހުގެ ރޭ ޕާކިސްތާނާ ދެކޮޅަށް ދިވެހިރާއްޖެއިން ކުޅޭނެއެވެ. މި މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ، ސްރީލަންކާ، އިންޑިއާ، ބަނގްލަދޭޝް، ސައުތު އެފްރިެފްރިކާ އަދި ޕާކިސްތާން ހިމެނެއެވެ.


ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ދިވެހިރާއްޖެ މޮޅުވުމާއެކު، މުބާރާތުގައި ދިވެހިރާއްޖޭގެ ފެށުން ވަރަށް ރަނގަޅުވެފައިވާކަން ފާހަގަކުރެވެއެވެ. މި ކާމިޔާބީއާއެކު ދިވެހި ކުޅުންތެރިންގެ ފޯރި އިތުރުވެ، ކުރިއަށް އޮތް މެޗުތަކުގައިވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް އުންމީދު ބޮޑުވެފައިވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން