Ads by Exprox

ޚަބަރު

ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން 21،000 ގަސްއިންދައިފި!

ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން 21،000 ގަސްއިންދައިފި!

ސްޓެލްކޯއިން ވ ތިނަދޫގައި ކުރިއަށްގެންދިޔަ ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: ސްޓެލްކޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2024، 03:42

28 އޯގަސްޓު 2024، 03:42

ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން 21،000 ގަސްއިންދައިފިއެވެ. 

ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވި ޕްރޮގްރާމެކެވެ. 

ސްޓެލްކޯއިން ބުނީ އެކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި މިހާތަނަށް  21،007 ގަސް އިންދިފައިވާ ކަމަށެވެ.

ސްޓެލްކޯއިން 5 އަހަރުން 5 ލައްކަ ގަސް އިންދުމަށް ވަނީ އަމާޒުހިފައިފައެވެ. އެގޮތުން 5 ލައްކަ ގަސް އިންދުމުގެ މަސައްކަތް އިފްތިތާޙް ކޮށްފައިވަނީ ކ.ތުލުސްދޫގައެވެ.

އެފަހުން 12 ޖޫން 2024 ގައި ކ.ދިއްފުށީ އައު އިޖީނުގޭގެ ކޮންޓްރެކްޓަރާ ހަވާލުކުރުމާއި އިންޖީނުގޭގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް 1000 ގަސް ވަނީ އިންދާފައެވެ.

އަދި މީގެ އިތުރުން 26 ޖޫން 2024 ވަނަ ދުވަހު ސްޓެލްކޯގެ ޚިދުމަތްދޭ އެކި ރަށްރަށުގައި ކުރިއަށްގެންދިޔަ ގަސްއިންދުމުގެ ހަރަކާތްތަކުގެ ތެރެއިން 8364 އިންދާފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

5 އަހަރުން 5 ލައްކަ ގަސް އިންދުމުގެ ޕްރޮޖެކްޓުގެ ތެރެއިން ކުރިއަށް އޮތްތަނުގައި ސްޓެލްކޯގެ ޚިދުމަތްދޭ ރަށްރަށުގައި ކޮންމެ މަހަކު ގަސް އިންދުމުގެ ހަރަކާތްކުރިއަށް ގެންދާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco