Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު އަކީ ހަމައެކަނި އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ވަރަށް ސާފު: ޝިޔާމް

ރައީސް މުޢިއްޒު އަކީ ހަމައެކަނި އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ވަރަށް ސާފު: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ އަދި ވަޒީރު ޝިޔާމް/ފޮޓޯ: ހަތާވީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 ސެޕްޓެމްބަރު 2025، 10:30

19 ސެޕްޓެމްބަރު 2025، 10:30

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަކީ ހަމައެކަނި އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ވަރަށް ސާފުކަމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރޭގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތަބުކުރުމަށް ބޭއްވި ބައްދަލުވުމުގައި، ފުލިދޫ ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލިދޫ ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒު ވިދާޅުވީ، މިއަދަކީ ވަރަށް ތަރީޚީ ދުވަހެއްކަމަށާއި، މިއީ އިންތިޚާބަކާއި ދިމާނުކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރީއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އެރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށެވެ.

ފުލިދޫ ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒު އިތުރަށް ވިދާޅުވީ، މިކަމުން ދޭހަވެގެން ދަނީ ރައީސް މުޢިއްޒު އަކީ ރައްޔިތުންގެ ކަންބޮޑުވުން ގާތުން އަޑު އެއްސަވާ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައި ދެއްވުމަށް ހިތްޕުޅުގައި ޝައުޤުވެރިވެރިކަން ހުރި، އަދި އެކަމަށް އަހަންމިއްޔަތުކަން ދެއްވަމުން ގެންދަވާ ރައީސެއް ކަމަށެވެ. އެހެންކަމުން، މިކަމަށްޓަކައި ވ. ފުލިދޫ ރައްޔިތުންގެ ނަމުގައި ކައުންސިލް ރައީސް ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

މި ވާހަކަތަކާއި ގުޅިގެން ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ، ކައުންސިލްގެ ރައީސް ދެއްކެވީ ވަރަށް ވެސް ތެދު ވާހަކަފުޅުތަކެއް ކަމަށެވެ. އެގޮތުން، މަލްޓި-ޕާޓީ ޑިމޮކްރަސީއެއްގައި، ރަށްރަށުގެ ތަރައްޤީއަށްޓަކައި ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވަނީ އިޚްލާސްތެރި މަސައްކަތްޕުޅުތަކެއްކަމަށް މިއަދު އެމަނިކުފާނާ ސިޔާސީގޮތުން ޚިޔާލު ތަފާތު ބޭފުޅުންވެސް ޤަބޫލުފުޅު ކުރައްވާކަމަށޤ ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ރައްޔިތުންނާ ގާތަށް ވަޑައިގެން އެމަނިކުފާނު ގެންދަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އެ ރައްޔިތުންގެ ކިބައިން އައްސަވައި ސާފުކުރައްވަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޑު އައްސަވާ، ރައީސް ގެންދަވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފުރިހަމަކުރުމަށް އިޖާބަދެއްވަމުން ކަމަށެވެ. ހަމަ އެއާއެކު، ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާ ޚިލާފަށް، ރައީސް ޑރ. މުޢިއްޒު އަކީ ހަމައެކަނި އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ވަރަށް ސާފުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެ ވަޑައިގަތީއްސުރެ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ، ރައްޔިތުންނާގާތުން މަސައްކަތް ކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން