ޚަބަރު
މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް.

ފަރުދުން
21 ސެޕްޓެމްބަރު 2025، 02:35
21 ސެޕްޓެމްބަރު 2025، 02:35
މިއަދު މެންދުރުފަހު ހުޅުމާލޭ ދެވަނަ ފިޔަވަހިން ކުޑަ ހިނދުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގެ ރަސްމީ އެކައުންޓުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައިވާ ގޮތުން، މިއަދު (21 ސެޕްޓެންބަރު 2025 ވާ އާދީއްތަ ދުވަހު) މެންދުރުފަހު 03:30އާއި 03:35އާ ދެމެދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވެއެވެ. ކަރަންޑު މެދުކެނޑުން އެކަށީގެންވާ ތަންތަނަކީ: އެމް.ޕީ.އެލް. ހިޔާ، ވިނަރެސް ފްލެޓް 1-10، ހިޔާ ފްލެޓް 5،6،7،8، އަދި ނިރޮޅުމަގު ބީޗް ސަރަޙައްދުގައި ހުރި ޢިމާރާތްތަކެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، މިކަމުގެ ސަބަބަކީ، ސްޓެލްކޯގެ ޑިސްޓްރިބިޔުޝަން ނެޓްވޯކްގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކެއް ކުރުމެވެ. މިކަމުގެ ސަބަބުން ޢާންމު ފަރުދުންނަށް ކުރިމަތިވެދާނެ އެންމެހައި ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/pB3USrQTKQ
— STELCO (@STELCOMALDIVES) September 21, 2025