Ads by Stelco

ޚަބަރު

ރައްޔިތުންގެ ބައްދަލުވުން "ކުރިމަގު ސައްލާ" މިރޭ ސ. ހުޅުދޫގައި!

ރައްޔިތުންގެ ބައްދަލުވުން "ކުރިމަގު ސައްލާ" މިރޭ ސ. ހުޅުދޫގައި!

ކުރިމަގު ސައްލާ ޕޯސްޓަރ.

farudhun logo

ފަރުދުން

21 ސެޕްޓެމްބަރު 2025، 03:35

21 ސެޕްޓެމްބަރު 2025، 03:35

ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ އޮނިގަނޑަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" މިއަދު އައްޑޫ ހުޅުދޫގައި ބޭއްވުމަށް ނިންމައިފިއެވެ. މި ސައްލާ ބޭއްވުމަށް ނިންމާފައިވަނީ މިރޭ 20:15ގައި ހުޅުދޫ ސުކޫލް ހޯލުގަ އެވެ.

ކުރިއަށް އޮތް 20 އަހަރަށް ޤައުމު ބިނާކުރުމުގައި، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ދިނުމަށް ބާއްވާ މި ސައްލާގައި ބައިވެރިވުމުގެ ފުރުޞަތު، ހުޅުދޫގައި ދިރިއުުޅުއްވާ ހުރިހައި ރައްޔިތުންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.

"ކުރިމަގު ސައްލާ" އަކީ ޤައުމީ ތަރައްޤީގެ ޕްލޭން ކަމުގައިވާ "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސައްލާއެކެވެ. ރައްޔިތުންނާ ބައްދަލުކޮށް، ޚިޔާލު އެއްކުރުމަށް ރަށްރަށަށް ކުރާ މި ދަތުރުތަކުގައި ޙަރަކާތްތެރިވަނީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެވޯޑްކޮށްފައިވާ ކޮންސަލްޓެންޓް، ނެކްސިޔާ މޯލްޑިވްސްގެ ޓީމްތަކުންނެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އެކުލަވާލުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ދަތުރުކޮށް، ރައްޔިތުންގެ މަޝްވަރާ ހޯދައި ޚިޔާލު އެއްކުރާނެއެވެ. އަދި މި ބައްދަލުވުންތަކުގައި މީގެ 20 އަހަރު ފަހުން އެބައެއްގެ ވަޒަން ނުވަތަ ދިވެހިރާއްޖެ އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ އޮޅުންފިލުވައި، ރައްޔިތުން ބޭނުންވާ ތަޞައްވުރަށް މި ޕްލޭންގެ ދަށުން މަގްޗާޓް ކުރަހައިދޭނެއެވެ.

"ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭނަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭ ގޮތަށް އެކުލަވާލުމަށް ތައްޔާކުރަމުންދާ ޕްލޭނެކެވެ. މި ޕްލޭން ވެގެންދާނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި ޢަމަލުކުރަން ޖެހޭ، އަދި އޭގައި ރައްޔިތުން ހިމަނުއްވާ ކަންކަން ތަންފީޛުކުރެވިގެންދާނެ ޕްލޭނަކަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން