Ads by Stelco

ޚަބަރު

މޯލްޓާގެ މިނިވަން ދުވަހުގެ މުސާނަބަތުގައި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

މޯލްޓާގެ މިނިވަން ދުވަހުގެ މުސާނަބަތުގައި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

މޯލްޓާ ދިދަ.

farudhun logo

ފަރުދުން

21 ސެޕްޓެމްބަރު 2025، 04:58

21 ސެޕްޓެމްބަރު 2025، 04:58

މޯލްޓާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ބޮޑުވަޒީރުގެ ނާއިބާއި ޚާރިޖީ  އަދި ފަތުރުވެރިކަމާ  ބެހޭ ވަޒީރު،  ޑރ. އިއަން ބޯގްއަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޖީރުގެ މެސެޖުގައި، ‏ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައްޔާއި، ވަޒީރުގެ އަމިއްލަ ނަންފުޅުގައި، މޯލްޓާގެ ސަރުކާރަށާއި  ރައްޔިތުންނަށް މޯލްޓާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

ޚާރިޖީ ވަޒީރުގެ މެސެޖުގައި ވެއެވެ:

އަޅުގަނޑުގެ އުންމީދަކީ މަނިކުފާނާ ގުޅިގެން ދިވެހިރާއްޖެ އާއި މޯލްޓާއާ ދެމެދުގައި އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރުމަށް މަސަައްކަތްކުރުމެވެ. 

މިމެސެޖުގައި، މޯލްޓާގެ ބޮޑުވަޒީރުގެ ނާއިބު ޑރ. އިއަންއަށް، ޚާރިޖީ ވަޒީރު ޑރ. ޚަލީލް ކުރައްވާ މަތިވެރި ޤަދަރުގެ ވާހަކަ ވެސް ހިމަނުއްވާފައިވެއެވެ.

މެޑިޓެރޭނިއަން ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއް ކަމަށްވާ މޯލްޓާގެ މިނިވަން ދުވަހަކީ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހެވެ. މިދުވަސް އެޤައުމުގެ ރައްޔިތުން ފާހަގަކުރަނީ، 1964ވަނަ އަހަރުގެ މިދުވަހު، އިނގިރޭސި މުސްތަޢުމިރުންގެ އަތްދަށުން ސަލާމަތްވެ، އަމިއްލަ މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަތީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން