Ads by Stelco

ޚަބަރު

މ. މަޑުއްވަރީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފި

މ. މަޑުއްވަރީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފި

މ. މަޑުއްވަރީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް.

farudhun logo

ފަރުދުން

22 ސެޕްޓެމްބަރު 2025، 03:27

22 ސެޕްޓެމްބަރު 2025، 03:27

މ. މަޑުއްވަރީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މަޑުއްވަރީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު މ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މަޑުއްވަރިއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި މި މަސައްކަތް އިފްތިތާޙު ކޮށްދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. އަރިހުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ނާއިބު، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް، އަދި ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިޤު ބައިވެރިވެވަޑައިގެންނެވިއެވެ.

މަޑުއްވަރީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އާއެވެ. މި މަސައްކަތް ނިމޭއިރު މަޑުއްވަރިއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތައް ދަނީ ފަށްޓަވައިދެއްވަމުންނެވެ. އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައި، ރަށުގައި ހިނގަމުންދާ ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން