ޚަބަރު
މަސްވެރިންނަށް ނުދެވިހުރި ފައިސާ ދޫކުރުމަށް މިފްކޯއަށް ޙަވާލުކުރެވިއްޖެ: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރައްދުކުރުމަށް މިފްކޯއަށް ޙަވާލުކުރެވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވާގޮތުގައި، ސަރުކާރުގެ މެނިފެސްޓޯގައިވާ ފަދައިން 48 ގަޑިއިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ފައިސާ ދެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިކަމަކީ މަސްވެރިންގެ ދިރިއުޅުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.
މި އައު ނިޒާމުގެ ދަށުން، މަސްވެރިން މަސް ވިއްކާތާ 48 ގަޑިއިރު ތެރޭގައި އެ ފަރާތްތަކަށް ފައިސާ ލިބޭނެކަމަށް ބެލެވެއެވެ. މިއީ މަސްވެރިކަމުގެ ދާއިރާއަށް ގެނެވޭ ވަރަށް މުހިންމު ބަދަލެކެވެ.
މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރަށްދުކުރުމަށް މިފްކޯއަށް ޙަވާލުކުރެވިފައި. މެނިފެސްޓޯގައިވާ ފަދައިން 48 ގަޑި އިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން.
— Dr Mohamed Muizzu (@MMuizzu) October 30, 2024