Ads by Exprox

ޚަބަރު

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުޞޫލަށް އިޞްލާޙު ގެނެސް މަޖިލީހަށް ހުށައަޅައިފި!

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުޞޫލަށް އިޞްލާޙު ގެނެސް މަޖިލީހަށް ހުށައަޅައިފި!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަސްދަނީ.ފޮޓޯ:މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޮކްޓޯބަރު 2024، 03:37

30 އޮކްޓޯބަރު 2024، 03:37

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރާ އުޞޫލަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. 

 ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުޞޫލަށް ބަދަލު ގެނައުމާއި އެކު އެއްވެސް ޕާޓީއަކުން ސިޔާސީ ޕާޓީތަކުގެ ޤަވާއިދާ ޚިލާފު ވާނަމަ ޖޫރިމަނާކުރުމަށް ވެސް އިޞްލާޙު ހުށައަޅައިފައިވެއެވެ. 

މި ބިލުގައި ބުނެފައިވާ ގޮތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރާ އުސޫލު އިސްލާޙްކޮށް، ޤާނޫނާއި ޚިލާފްވާ ހާލަތްތައް މަދުކުރުމަށް ސިޔާސީ ޕާޓީތަކުގެ ޒިންމާ އިތުރުކުރުމަށް ޤާނޫނާއި ޚިލާފްވާނަމަ ވަކިވަކި ފަރުދުންނާއި ޕާޓީ ވެސް ޖޫރިމަނާ ކުރެވޭ ގޮތް ހެދުމެވެ.

މިހާރު ސިޔާސީ ޕާޓީތަކުގެ ޤާނޫނު އޮންނަގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ ޢަދަދެއް ނަމަވެސް، މި އިސްލާޙްގައި ހުށަހަޅާފައި ވަނީ ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ ޢަދަދެއް ދިނުމަށެވެ.

މީގެ އިތުރުން ޕާޓީއެއްގެ މެންބަރުކަމަށް ޤަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވައި ސިޔާސީ ޕާޓީގެ ޤާނޫނާ ޚިލާފުވާ ކޮންމެ މީހަކު 30،000 ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭގޮތަށް އިސްލާޙް ހުށަހަޅާފައިވާއިރު، އަދި އެ ޢަމަލެއް ހިންގި މީހަކު ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭގޮތަށް އިސްލާޙް ހުށަހަޅާފަވެއެވެ. މިހާރު ޤާނޫނު އޮންނަ ގޮތުން ޖޫރިމަނާ ކުރަނީ ޤާނޫނާ ޚިލާފުވާ މީހާ އެކަންޏެވެ

މި ވަގުތު އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީ އެބައޮތެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco