Ads by Stelco

ޚަބަރު

ވަންދޫ ބަނދަރު ތަރައްޤީކޮށް، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ވަންދޫ ބަނދަރު ތަރައްޤީކޮށް، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ވަންދޫ ބަނދަރު ތަރައްްޤީކޮށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ސެޕްޓެމްބަރު 2025، 07:38

24 ސެޕްޓެމްބަރު 2025، 07:38

ތ. ވަންދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. 

މި މަސައްކަތް ހަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

ވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ "މި މަސައްކަތް ވަރަށް އަވަހަށް ފަށައި، ހަލުވިކަމާއެކު ކުރިއަށް ގެންގޮސްދޭނެ" ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި މަޝްރޫޢުގެ އިތުރުން، ވަންދޫގެ ތަރައްޤީގެ އެހެން މަޝްރޫޢުތަކުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މިގޮތުން ރަށު ކައުންސިލް އިދާރާގެ އައު އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ. އަދި ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ތަޢާރަފުކޮށްފައެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ވަންދޫގެ ރައްޔިތުންނަށް ލިބޭނެ ކުރިއެރުންތަކުގެ ތެރޭގައި ރަށުގެ ބަނދަރު ތަރައްޤީވެ، ގޮނޑުދޮށް ހިމާޔަތްކުރެވި، އަދި އިޖްތިމާޢީ ވަސީލަތްތައް އިތުރުވެގެންދާނެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން