Ads by Stelco

ޚަބަރު

ރައީސް ތ.ގުރައިދުއަށް، ރައްޔިތުން ދެންނެވީ ހޫނު މަރުޙަބާއެއް

ރައީސް ތ.ގުރައިދުއަށް، ރައްޔިތުން ދެންނެވީ ހޫނު މަރުޙަބާއެއް

ގުރައިދޫއިން ރައީސް އަށް މަރުޙަބާ ކިޔުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ސެޕްޓެމްބަރު 2025، 08:35

25 ސެޕްޓެމްބަރު 2025، 08:35

ރައީސް ޑރ މުޙައްމަދު މުޢިއްޒު މިހާރު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގުރައިދުއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން އެމިނިކުފާނަށް ހޫނު މަރުޙަބާ ދަންނަވައިފިއެވެ. 

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ. ގުރައިދޫއަށް ވަޑައިގެން ރައީސް ވަނީ އެރަށުގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. 

 ރައީސް ޑރ މުޢިއްޒުގެ މިދަތުރުފުޅުގެ ތެރެއިން ގުރައިދޫގެ ހޮސްޕިޓަލުގެ އިމާރާތުގެ ބިންގާ އެޅުމާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމާއި، ރައްޔިތުންގެ ޙާލު އޮޅުންފިލުއްވުމާއި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމެވެ. އަދި މި ދަތުރުފުޅުގައި ގިނަ ރަށްރަށެއްގައި އެކި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެއްޓެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން