Ads by Stelco

ޚަބަރު

ތ.ގުރައިދޫ ހޮސްޕިޓަލް އިމާރާތުގެ ބިންގާ އަޅައިފި

ތ.ގުރައިދޫ ހޮސްޕިޓަލް އިމާރާތުގެ ބިންގާ އަޅައިފި

ތ.ގުރައިދޫ ހޮސްޕިޓަލް އިމާރާތުގެ ބިންގާ އެޅުން. ފޮޓޯ: ވަގުތު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ސެޕްޓެމްބަރު 2025، 05:45

26 ސެޕްޓެމްބަރު 2025، 05:45

ކޮޅުމަޑުލު ގުރައިދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢުގެ ބިންގާ މިއަދު އަޅައިފިއެވެ. 

މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ގުރައިދޫގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އިސް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ވެމްކޯއާ ޙަވާލުކޮށްފައެވެ. މި ހޮސްޕިޓަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވޭ ތަނަކަށް ވާނެއެވެ.

ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި މި ހޮސްޕިޓަލް ތަރައްޤީ ކުރުމުން، އެ ސަރަހައްދުގެ ރައްޔިތުންނަށާއި ގުރައިދޫގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ސިއްޙީ އެހީތެރިކަން ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއީ އެ ސަރަހައްދުގެ ސިއްޙީ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން