ޚަބަރު
ވިލިމާލޭ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ހުޅުމާލޭން މީހަކު ހައްޔަރުކޮށްފި

ވިލިމާލޭ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ.

ފަރުދުން
27 ސެޕްޓެމްބަރު 2025، 04:07
27 ސެޕްޓެމްބަރު 2025، 04:07
ވިލިމާލޭ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ހުޅުމާލޭން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ އަދު ހެނދުނުގެ ވަޤުތެއްގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސެންޓްރަލް ޕާކުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލުހުން މި މަހުގެ 25ވަނަ ދުވަހު ހެނދުނު ޕެޓްރޯލުކުރަމުން ދިޔަ އިރު، އޭނާގެ ޢަމަލުތައް ހުރި ގޮތުން، ހުއްޓުވައި ބަލައިފާސްކުރި އިރު، އޭނާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައެއް ތަކެތި ވަނީ ފެނިފައެވެ. މި ތަކެތީގެ ތެރޭގައި: 7000އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި، 100 ޔޫ.އެސް. ޑޮލަރާއި، އެކި ޤައުމުތަކުގެ ފައިސާގެ އިތުރުން، މޯބައިލް ފޯނަކާއި އެހެނިހެން ތަކެތި ހިމެނެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެއްޗަކީ މި މަހުގެ 25ވަނަ ދުވަހު ފަތިހުގެ ވަޤުތެއްގައި ވިލިމާލޭ ގެއަކުން އޭނާ ވަގަށް ނަގާފައިވާ ތަކެތިކަން މިހައިތަނަށް ބެލި ބެލުމުން އެނގިފައިވެއެވެ.
ވިލިމާލޭ ގެއަކުން ފައިސާތަކަކާއި، މޯބައިލް ފޯނަކާއި އެހެނިހެން ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 25ވަނަ ދުވަހުގެ ފަތިހު 5:39ގައެވެ.
މި މައްސަލައާ ބެހޭ އިތުރު ތަޙުޤީޤުތައް ކުރަމުން އަންނަ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.