Ads by Stelco

ޚަބަރު

ހުޅުމާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ، ބިދޭސީއަކު ޒަޚަމްކޮށްލައިފި

ހުޅުމާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ، ބިދޭސީއަކު ޒަޚަމްކޮށްލައިފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހި. / ތަޞްވީރު: ކޯޕަރޭޓް މޯލްޑިވްސް

farudhun logo

ފަރުދުން

27 ސެޕްޓެމްބަރު 2025، 04:34

27 ސެޕްޓެމްބަރު 2025، 04:34

ހުޅުމާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ، ބިދޭސީއަކު ޒަޚަމްކޮށްލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ތޫނު އެއްޗަކުން ޙަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު މިއަދު މެންދުރު 12:45 ހައި އިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

މި މާރާމާރީގައި އަނިޔާވެފައިވާ ފަރާތަކީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ޢުމުރުން 21 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤުކުރަމުން އަންނަ ކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން