ޚަބަރު
ދަނގެތީ ބަނދަރު މަޝްރޫޢު: އެއްގަމުތޮށީގެ ބްލޮކްތަކުގެ 6 ވަނަ ޝިޕްމަންޓް ގެންގޮސްފި
ދަނގެތި ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢު. ފޮޓޯ: އެމްޓީސީސީ
އދ. ދަނގެތީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ 6 ވަނަ ޝިޕްމަންޓް އެ ރަށު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި މިހާރު ސައިޓުގައި ކުރިއަށްދަނީ އެއްގަމުތޮށި ލުމަށްޓަކައި ކޮންނަންޖެހޭ ސަރަޙައްދު ކޮނުމުގެ މަސައްކަތާއި، އެއްގަމުތޮށީގެ ބްލޮކް އެތުރުމުގެ މަސައްކަތްތަކެވެ. އަދި ބޭރުތޮށި ލުމަށްޓަކައި ބިންގަނޑު ތައްޔާރުކުރުމުގެ މަސައްކަތްތައް ވެސް އެއްފަހަރާ ދަނީ ކުރެވެމުންނެވެ.
>
Project Update: Design and Build of ADh. Dhangethi Harbour Extension 6th shipment of quay wall blocks have been delivered to the project site. Quay wall line dredging and quay wall block installation works are currently ongoing. Follow more updates at: https://t.co/gj1h168wwY #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC
— MTCC Plc (@MTCCPlc) October 5, 2026
ޖުމްލަ 71.16 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ ދަނގެތީގެ ފަތުރުވެރިކަމުގެ ދާއިރާއާއި އިޤްތިޞާދީ ޙަރަކާތްތަކަށް ފަހިކޮށްދިނުމުގެ ގޮތުން ޓީ-ޖެޓީ ސަރަޙައްދު ތަރައްޤީކޮށް ހިންގާ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށްފައިވަނީ 18 އެޕްރީލް 2024 ގައެވެ.

މި މަޝްރޫޢުގެ ދަށުން 35,500 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 69,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 33,600 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމުގެ އިތުރުން މޫދަށް އެރޭ ސަރަޙައްދުގެ 7,800 ކިއުބިކް މީޓަރު ފުންކުރުން ހިމެނެއެވެ.
މީގެއިތުރުން 389 މީޓަރުގެ އެއްގަމުތޮށި ލުމާއި، 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 35 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ އިތުރުން 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުން ހިމެނެއެވެ. އަދި 3,052 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާނެއެވެ.