Ads by Farudhun

ޚަބަރު

ކޫރިއަރ މެދުވެރިކޮށް އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓައިފި

ކޫރިއަރ މެދުވެރިކޮށް އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓައިފި

ކަނޑުމަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން ހިފަހައްޓާފައި / ފޮޓޯ: ކަސްޓަމްސް

farudhun logo

ފަރުދުން

25 ނޮވެމްބަރު 2026، 07:54

25 ނޮވެމްބަރު 2026، 07:54

ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 23 ވީ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. އެގޮތުން މި ތަކެތި ފެނިފައިވަނީ ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

އެ ޕެކޭޖް ބަލައިފާސްކުރަމުން ދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ޗެކްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ވަނީ ފެނިފައެވެ. އަދި ފުރަތަމަ މަރުޙަލާގައި މި ތަކެތި ޓެސްޓުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް (Cannabis) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި، އަތުލައިގަނެވުނު މި މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3600 ގްރާމް (3.6 ކިލޯ) ހުއްޓެވެ.



މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެތި އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކުރެވިފައެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ކަސްޓަމްސް އިން ދަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450