ޚަބަރު
އެމް.އެން.ޔޫ. ތިނަދޫ ސިޓީ ކެމްޕަހުގެ ދަރިވަރުންނަށް ފަޔަރ އެވެއަރނެސް ސެޝަނެއް ބާއްވައިފި

އެމް.އެން.ޔޫ. ތިނަދޫ ސިޓީ ކެމްޕަހުގެ ދަރިވަރުންނަށް ފަޔަރ އެވެއަރނެސް ސެޝަނެއް ބޭއްވުން. / ތަޞްވީރު: ޤައުމީ ދިފާޢީ ބާރު

ފަރުދުން
28 ސެޕްޓެމްބަރު 2025، 02:15
28 ސެޕްޓެމްބަރު 2025، 02:15
އެމް.އެން.ޑީ.އެފް. ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.)ގެ ތިނަދޫ ސިޓީ ކެމްޕަހުގެ ދަރިވަރުންނަށް ފަޔަރ އެވެއަރނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަންގައި، އެ ކެމްޕަހުގެ 23 ދަރިވަރުން ބައިވެރިވެފައިވާ އިރު، ސެޝަންގައި ފަޔަރ އެވެއަރނެސްގެ ތިއަރީ އަދި ޕްރެކްޓިކަލް ކުލާސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސެޝަންގައި، އަލިފާނުގެ ޙާދިޘާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާ އަލިފާނުގެ ޙާދިޘާތަކުގައި ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔައިދިނުމުގެ އިތުރުން، އަލިފާން ނިއްވުމަށް ޢާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދީ، އެ ތަކެތި ބޭނުންކުރާނޭ ގޮތްތައް ޢަމަލީ ގޮތުން ވަނީ ދައްކުވައިދީފައެވެ.
މި ސެޝަނުގެ ކުލާސްތައް ނަގައިދިނީ، އެމް.އެން.ޑީ.އެފް. ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ތިނަދޫ ސިޓީ ކެމްޕަހުގެ ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި.https://t.co/kXi0ctTLjn pic.twitter.com/Todeg87WQ1
— Maldives National Defence Force (@MNDF_Official) September 27, 2025