Ads by Stelco

ޚަބަރު

މަސްމާރުކޭޓު ކައިރީ ރޭ ރޯވި އަލިފާންގަނޑު ކާމިޔާބުކަމާ އެކު ނިއްވާލި!

މަސްމާރުކޭޓު ކައިރީ ރޭ ރޯވި އަލިފާންގަނޑު ކާމިޔާބުކަމާ އެކު ނިއްވާލި!

މަސްމާރުކޭޓު ކައިރީ ރޭ ރޯވި އަލިފާންގަނޑު ނިއްވާލުމުގެ ތެރެއިން. / ތަޞްވީރު: އެމް.އެން.ޑީ.އެފް.

farudhun logo

ފަރުދުން

28 ސެޕްޓެމްބަރު 2025، 02:25

28 ސެޕްޓެމްބަރު 2025، 02:25

ބާޒާރުމަތީ މަސްމާރުކޭޓު ކައިރީގައި ހުންނަ ލިލީ އެފް އެންޑް ބީ ސަޕްލަޔަރޒް 1 ބާޒާރުގައި ރޭ ރޯވި އަލިފާން އެމް.އެން.ޑީ.އެފް. ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ޙަރަކާތްތެރިވެ، ކާމިޔާބުކަމާ އެކު ވަނީ ނިއްވާލައިފައެވެ.
 
ރޭ ހިނގި މި އަލިފާނުގެ ޙާދިޘާގެ މަޢުލޫމާތު އެމް.އެން.ޑީ.އެފް. ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ  ރޭ 01:00ހައި އިރު ކަމަށް އެމް.އެން.ޑީ.އެފް.އިން ހާމަކުރެއެވެ. ޙާދިޘާގެ މަޢުލޫމާތު ލިބުމާ އެކު، އެމް.އެން.ޑީ.އެފް. ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން އެ ސަރަޙައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ވަޤުތުން ވަނީ ފަށާފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން، ރޯވެފައިވާ އަލިފާން ނިއްވާލެވުނީ ރޭ 02:39ގައި ކަމަށް އެމް.އެން.ޑީ.އެފް.އިން ބުނެއެވެ.
 
މި ޙާދިޘާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަރފައިޓަރަކު ޙާލު ދެރަވެގެން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ޤައުމީ ދިފާޢީ ބާރުން ވަނީ ހާމަކޮށްފައެވެ. މި ފަޔަރފައިޓަރުގެ އިތުރުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ޒަޚަމެއް ލިބިފައިވާ ކަމެއް އެނގިފައި ނުވާ ކަމަށް ވެސް އެމް.އެން.ޑީ.އެފް.އިން ބުނެއެވެ. ނަމަވެސް، އަލިފާން ރޯވި ތަނުގައި ހުރި ގިނަ ޢަދަދެއްގެ މުދަލަށް ގެއްލުންވެ، ތަނުގެ ފުރާޅުން ބައެއް ވަނީ ވެއްޓިފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން