Ads by Exprox

ޚަބަރު

މިދިޔަ ސަރުކާރުން ނަގައިފައި ހުރި ގިނަ ލޯނުތަކަކީ އެއްވެސް އާމްދަނީއެއް ނުލިބޭ ކަންކަމަށް ނަގައިފައި ހުރި ލޯނު: ވަޒީރު ސަޢީދު

މިދިޔަ ސަރުކާރުން ނަގައިފައި ހުރި ގިނަ ލޯނުތަކަކީ އެއްވެސް އާމްދަނީއެއް ނުލިބޭ ކަންކަމަށް ނަގައިފައި ހުރި ލޯނު: ވަޒީރު ސަޢީދު

އިޤްތިޞާދާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު. ފޮޓޯ: އިޤްތިޞާދާ ބެހޭ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2024، 11:01

28 އޯގަސްޓު 2024، 11:01

މިދިޔަ ސަރުކާރުން ނަގައިފައިހުރި ބޮޑު ޢަދަދުގެ ގިނަ ލޯނުތަކަކީ އެއްވެސް އާމްދަނީއެއް ނުލިބޭ ކަންކަމަށް ނަގާފަ ހުރި ލޯނު ކަމަށް އިޤްތިޞާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ނިމިދިޔަ ސަރުކާރުން ގާތްގަނޑަކަށް ނަގާފަ މިހުރި ހުރިހާ ލޯނަކީ ޖުމްލަކޮށް އެތައް ބިލިއަނެއް، އެތައް ބިލިއަން ރުފިޔާއަކާއި، ގާތްގަނޑަކަށް ދޭއް ނުވަތަ ތިނެއް ބިލިއަން އެމެރިކާ ޑޮލަރާއި ގާތްކުރާ ޢަދަދުގެ ލޯނުތަކަކީ އެއްވެސް އާމްދަނީއެއް ނުލިބޭ ކަންތައްތަކަށް ނަގައިފައި ހުރި ލޯނު، ޑެޑް ސްޓޮކަށް އިތުރުވަމުން ގޮސް ސަތޭކަ ވިހި ޕަސެންޓް، ޖީޑީޕީގެ އުފެއްދުން ތެރިކަމުގެ ސަތޭކަ ވިހި ޕަސެންޓާއި ހަމައަށް ދަރަނި އުފައްދާ ސަތޭކަ ބާވީސް ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތީ، ހިސްޓޮރިކް، ދުވަހަކުވެސް ރާއްޖެއާއި ނުބައްދަލު ފަސް އަހަރުތެރޭގަ މުޅި ދިވެހި ތާރީޚުގަ އެއްކޮށްލީމަވެސް ނުވާވަރުގެ ދަރަނި ސްޓޮކެއް ޖަހާފަ" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ސަޢީދު ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު ޚަރަދަށް ޒިންމާ ވުމުގެ ޤާނޫނަށް ޢަމަލުކުރުމުގެ ޤަވާއިދުގެ ތިން އިސްލާޙަކަށް އެއް އަހަރުދުވަހަށް ޢަމަލު ކުރުން ފަސް ކޮށްދިނުމަށް އެދި އޭރުގެ ވަޒީރު އަމީރު މަޖިލިހަށް ސިޓީ ފޮނުވި ކަމަށެވެ. އަދި އެސިޓީގައި އެދިފައިވާ މުއްދަތުގެ ފަހުންވެސް ކުރީގެ ސަރުކާރުން ފައިސާ ޗާޕު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތަށް ފައިސާ ޗާޕް ކުރަމުން ދިޔުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މާލީ ގޮތުން ބޮޑެތި ގެއްލުން ތަކާއި ކުރިމަތި ވެދާނެ ކަމަށް އެބޭފުޅުން އޭރުވެސް ދަންނަވަމުން ދިޔަ ކަމަށާއި އައިއެމްއެފުންވެސް އެކަމުގެ އިންޒާރު ކުރީ ސަރުކާރަށާއި އޭގެ ކުރީގެ ދެސަރުކާރަށްވެސް ދީފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު، މަޖިލިސް ރައީސް ޢަބްދުއް ރަޙީމް ޢަބްދުﷲ، މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco