Ads by Exprox

ޚަބަރު

އެމްކިޔުއޭ އިން 6 ހާހަށް ވުރެ ގިނަ ޕްރޮގްރާމް އޮޑިޓް ފުރިހަމަކޮށްފި

އެމްކިޔުއޭ އިން 6 ހާހަށް ވުރެ ގިނަ ޕްރޮގްރާމް އޮޑިޓް ފުރިހަމަކޮށްފި

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނޫސްވެރިންގެ ބައްދަލުވުން ފޮޓޯ:ސަރުކާރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 އޮކްޓޯބަރު 2024، 09:15

31 އޮކްޓޯބަރު 2024، 09:15

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޕްރޮގްރާމް އޮޑިޓްކުރުމަށް ހުށަހަޅާފައިވާ 10،000 ފޯމުގެ ތެރެއިން މިހާތަނަށް 6،830 ފޯމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައިވާކަމަށް ހާމަކޮށްފިއެވެ.

އެމްކިޔުއޭ އިން ބުނީ ޕްރޮގްރާމް އޮޑިޓްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ކުރިއަށްގެންދާ މަތީ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތަކަކީ ފެންވަރު ރަނގަޅު ޕްރޮގްރާމްތަކެއްކަން ކަށަވަރުކުރުން ކަމަށެވެ. މިގޮތުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތައް ބަލައި ޗެކްކުރުމާއި، އެ މަރުކަޒުތަކުން ހިންގާ ކޯސްތަކާއި ޕްރޮގްރާމްތަކުގެ ފެންވަރު ކަނޑައަޅައި، އެ ޕްރޮގްރާމްތައް ކުރިއަށްގެންދަނީ ޤަވާޢިދާއި ޤާނޫނާއި ހަމަތަކާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ މަސައްކަތް އެމްކިޔުއޭ އިން ދަނީ ކުރަމުންނެވެ.

މި މަސައްކަތުގެ ސަބަބުން ރާއްޖޭގައި ހިންގާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކުގެކުގެ ފެންވަރު މަތިވެ، ދަރިވަރުންނަށް ލިބޭ ތަޢުލީމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ އިތުރަށް ކުރިއަރައި، ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭ ފަދަ ތަޢުލީމީ ނިޒާމެއް ޤާއިމުވެގެންދާނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco