Ads by Stelco

ޚަބަރު

30 ފުލުހުންނާ އެކު އިންސްޕެކްޓަރ ކޯހުގެ 5ވަނަ ބުރު ފަށައިފި

30 ފުލުހުންނާ އެކު އިންސްޕެކްޓަރ ކޯހުގެ 5ވަނަ ބުރު ފަށައިފި

30 ފުލުހުންނާ އެކު އިންސްޕެކްޓަރ ކޯހުގެ 5ވަނަ ބުރު ފެށުން. / ތަޞްވީރު: ފުލުހުން.

farudhun logo

ފަރުދުން

30 ސެޕްޓެމްބަރު 2025، 04:48

30 ސެޕްޓެމްބަރު 2025، 04:48

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދާ އިންސްޕެކްޓަރ ކޯހުގެ 5ވަނަ ބުރު ފަށައިފިއެވެ. އިންސްޕެކްޓަރ ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑް ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި މި މަހު 28 ވަނަ ދުވަހު މި ކޯސް ފަށާފައިވަނީ 30 ފުލުހުންނާ އެކުގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއެވެ. އެއީ 30 ފިރިހެން ފުލުހުންނެވެ.

8 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި، ފުލުހުންގެ ޤާނޫނާއި ފުލުހުންނާ ގުޅުން ހުރި އެހެނިހެން ޤާނޫނުތަކާއި، ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް، ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ.

މި ކޯހުގެ ސަބަބުން، ފުލުސް މުވައްޡަފުންގެ ޢިލްމާއި ހުނަރު އިތުރަށް ތަރައްޤީވެ، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި، ޕްރޮފެޝަނަލްކަމާ އެކު މަސައްކަތްކުރާނެ ފުލުހުންތަކެއް ތައްޔާރުކުރެވިގެންދާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން