Ads by Stelco

ޚަބަރު

ށ. އެކަސްދޫ އިރު ދެކުނުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމުކޮށްފި

ށ. އެކަސްދޫ އިރު ދެކުނުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމުކޮށްފި

ށ. އެކަސްދޫ އިރު ދެކުނުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމުކުރުން / ތަޞްވީރު: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

01 އޮކްޓޯބަރު 2025، 03:27

01 އޮކްޓޯބަރު 2025، 03:27

ށ. އެކަސްދޫ އިރު ދެކުނުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމުކޮށްފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ކަނދުފަތީގެ ނަންބަރަކީ D09V03އެވެ. އަދި މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

6° 3.600'N

73°21.600'E

މި ކަނދުފަތި ޤާއިމުކުރުމުގެ މަޤުޞަދަކީ، އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން، އެ ސަރަޙައްދުގެ މަސްވެރީންނަށް (ޚާއްޞަކޮށް ޒުވާން މަސްވެރީންނަށާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް) ބޮޑު ލުއިފަސޭހަކަމެއް ލިބިގެން ދާނެއެވެ.

ކަނދުފަތިތައް ޤާއިމުކުރުމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެއްމެއެވެ. މި ގޮތުން، ކުރިއަށް އޮތް ތަނުގައި އިތުރު ކަނދުފަތިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމަށް ނިންމާފައިވެއެވެ.

ދިވެހިރާއްޖޭގެ ކަނދުފަތިތަކުގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން