Ads by Stelco

ޚަބަރު

ނ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ނ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ނ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކުރުން. / ތަޞްވީރު: ފުލުހުން.

farudhun logo

ފަރުދުން

01 އޮކްޓޯބަރު 2025، 04:41

01 އޮކްޓޯބަރު 2025، 04:41

މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިލަދުންމަޑުލު ދެކުނުބުރީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ސެޕްޓެންބަރު 30ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. އަތޮޅު ޕޮލިސް ގުޅިގެންނެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ކޯޓު އަމުރުގެ ދަށުން، ވެލިދޫ 7 ގެއާއި، މިލަދޫ 1 ގެއާއި، އަދި ފޮއްދޫ ކައިރީގައި އަޅާފައި އޮތް ކަޓަމަރާންޏެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (11.66 ގުރާމު) އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 10500އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / އިލާ، ޢަބްދުﷲ ޢަލީ (30އ) އަދި ނ. ވެލިދޫ / ނެދުންގެ، މުޙައްމަދު މާޢިދު (29އ)އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ގެންގުޅެ އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭތީއެވެ.

މި މައްސަލައާ ގުޅިގެން، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން، ޢަބްދުﷲ ޢަލީ 5 ދުވަހަށް، އަދި މުޙައްމަދު މާޢިދު 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ މިހާރު އިތުރަށް ތަޙުޤީޤުކުރަމުން ގެންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން