Ads by Exprox

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ދާއިރާގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މަޝްވަރާކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ދާއިރާގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މަޝްވަރާކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ދާއިރާގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ މަޝްވަރާ ފޮޓޯ:

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 އޮކްޓޯބަރު 2024، 12:27

31 އޮކްޓޯބަރު 2024، 12:27

ޗައިނާ ޑިސްއޭބަލްޑް ޕާސަންސް ފެޑެރޭޝަނުގެ ވަފުދެއް ދިވެހިރާއްޖެއަށް ކުރަމުންދާ ރަސްމީ ދަތުރުގެ ތެރެއިން މިއަދު މިނިސްޓްރީ އޮފް ސްޕޯޓްސްއާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކުޅިވަރުގެ ދާއިރާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ. މީގެ އިތުރުން، ދެ ޤައުމުގެ މެދުގައި މި ދާއިރާއިން އިތުރަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭ ގޮތުންވެސް ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ.

<blockquote class="twitter-tweet"><p lang="dv" dir="rtl">ޗައިނާ ޑިސްއޭބަލްޑް ޕާސަންސް ފެޑެރޭޝަނުގެ ފަރާތުން ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން މިނިސްޓްރީ އޮފް ސްޕޯޓްސް އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއިން ބައިވެރިވެފައިވެއެވެ. އަދި،… <a href="https://t.co/QWmhPtra0S">pic.twitter.com/QWmhPtra0S</a></p>&mdash; Ministry of Social and Family Development (@MSFDmv) <a href="https://twitter.com/MSFDmv/status/1851870499124756490?ref_src=twsrc%5Etfw">October 31, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

މިި ބައްދަލުވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ދާއިރާއިން ލިބޭ ފުރުސަތުތައް އިތުރުވެ، މި ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco